އިމާރާތެއްގެ ތިންވަނަ ބުރިން މީހަކު ވެއްޓިއްޖެ

މާލޭ ސަބުދެލި މަގުގައި ހުންނަ އިމާރާތެއްގެ ތިންވަނަ ބުރިން މީހަކު ވެއްޓިއްޖެއެވެ.
ފުލުހުން ވިދާޅުވީ، ސަބުދެލި މަގުގައި ހުރި ގެއެއްގެ މަތިން މީހަކު ވެއްޓިގެން މިރޭ 19:45 އެހާކަންހާއިރު އެސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ ކަމަށެވެ.
އެގޭ ތިންވަނަ ބުރިން ވެއްޓިފައިވަނީ 34 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.
ވެއްޓި އަނިޔާވެފައިވަނީ ދިވެހި ފިރިހެނެެއް ކަމަށާއި، އެމީހާ މިހާރުވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ