ރާއްޖެއަށް އަދި ޑިމޮކްރަސީ ނާންނަ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ޝަހީދު މިހެން ވިދާޅުވެފައިމިވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން އެގައުމުގެ ކޮންގްރެސް ހިސޯރުކޮށް ހިންގި އަމަލުތަކާ ގުޅިގެން ޑިމޮކްރަސީގެ ދައުރުގައި ރާއްޖެ މާ ބޮޑަށް ވެސް ފައްކާވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޝަހީދު ވިދާޅުވީ ޑިމޮކްރަސީއަކީ ހަމައެކަނި ވޯޓުލައި އިންތިޚާބު ބޭއްވުމެއް ނޫންކަށެވެ. އެގޮތުން ޑިމޮކްރަސީއަކީ އަސާސީ ހައްގު ހިމާޔަތްކޮށް، އެކަން ކަށަވަރު ކުުރުން ކަމަށާއި، އެކަން ކަށަވަރު ނުކޮށްދެވޭ ޤައުމެއްގައި ޑިމޮކްރެސީއެއް ނޯންނާނެ ކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.
"ވަރަށް ބޮޑަށް މާފު ކުރައްވާ! ރާއްޖެ އަކަށް އަދި ޑިމޮކްރަސީ ނާދޭ! ޑިމޮކްރަސީއަކީ ހަމައެކަނި ވޯޓު ލުމެއްނޫން. ޕާތީ އުފެއްދުމެއްވެސް ނޫން. ރޫޕް އޮފް ލޯ އާއި އަސާސީ ހައްގު ހިމާޔަތް ނުކުރެވޭ ޤައުމަކީ ޑިމޮކްރަސީއެއް ނޫން" ޝަހީދު ވިދާޅުވިއެވެ.
ހަބީބު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިދާޅުވެފައިވަނީ ޓްރަމްޕްގެ އަމަލުތައް މިއަދު ހުރި ގޮތަށް ބަލާއިރު ރާއްޖޭގެ ދިގު 30 އަހަރުގެ ވެރިކަން ކުރެއްވި ރައީސް މައުމޫންގެ ހިތްވަރުފުޅަށް ސެލިއުޓް އަރުވަންޖެހޭ ކަމަށެވެ. އަދި ޑިމޮކްރެސީ ގެ ދަތުރުގައި ރާއްޖެ މާބޮޑަށްވެސް ފައްކާވެފައިވާ ކަމަށާއި ދިވެހިންގެ ސުލޫކު މާ ފުރިހަމަ ކަމަށް ހަބީބު ވިދާޅުވިއެވެ.
ރާއްޖެ އަށް އަދި ޑިމޮކްރެސީއެއް ނާދޭ: ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ