ހެންވޭރުގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިއްޖެ

ހެންވޭރުގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހެންވޭރު ސަހަރާ ހުންނަ ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި
އެ މައްސަލަ ހައްލުކޮަށް ވީ އެންމެ އަަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ވެސް މާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ކެނޑިފައެވެ. އެދުވަހު ވެސް ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
އެދުވަހު ކަރަންޓު އަންނަ ގިނައިރުވުމުން ގިނަ ހިދުމަތްތަކަކަށް ވަނީ ބުރޫ އަރާފައެވެ. އަދި ކަރަންޓް ދީދީފައި ކަނޑާތީ، ގިނަ ގޭގޭގައި ހިފާ ގެންގުޅޭ ކަރަންޓް އާލާތްތަކާއި، ލިފްޓް، ޓީވީ، ފްރިޖް ފަދަ އެއްޗެއްސައް މައްސަލަ ވެސް ވަނީ ދިމާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ