"މިހާރު" ސްކޫލް ގައިޑްގެ ތިން ވަނަ އެޑިޝަން ނެރެފި

ކޮންމެ އަހަރެއްގެ ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް އަދި އާ އަހަރުގެ ކިޔެވުމަށް އަމާޒުކޮށްގެން ތައްޔާރުކުރާ "މިހާރު ސްކޫލް ގައިޑް" މިއަދު ނެރެފި އެވެ.
މިއަދު ރިޕޯޓް ފޮތް ދިން ވަގުތުތަކުގައި ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މި ގައިޑް ހިލޭ ބަހާފައިވެ އެވެ.
ނަމޫނާ ދަރިވަރުންގެ ނަސޭހަތްތަކާއި ބައެއް ޓީޗަރުންގެ މައުލޫމާތުތަކާއި ޕްރިންސިޕަލުންގެ މަޒުމޫންތަކުގެ އިތުރުން، އާ އަހަރުގެ ކިޔެވުމަށް ވާން ޖެހޭ ތައްޔާރީތަކާ ބެހޭ މުހިންމު ލިޔުންތައް ގައިޑްގައި ހިމެނެ އެވެ. ގައިޑާ އެކު، އަންނަ އަހަރުގެ ތައުލީމީ ކަލަންޑަރު ވެސް ލިބޭނެ އެވެ.
ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ރިޕޯޓުފޮތް ދިން ވަގުތު ސްކޫލު ގައިޑް ބަހަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
މި ގައިޑުގެ ތިން ވަނަ އެޑިޝަންގައި 13 އާޓިކަލެއް ހިމެނެ އެވެ.
"މިހާރު" އިން ސްކޫލު ކުދިންނަށް ހާއްސަކޮށް މިފަދަ ގައިޑެއް ނެރުމުގެ ބޭނުމަކީ އާ ތައުލީމީ އަހަރަށް ތައްޔާރުވާނެ ގޮތުގެ ބައެއް މައުލޫމާތުތައް ގެނެސްދިނުމެވެ. އަދި ތައުލީމީ ދާއިރާގެ ހަރަކާތްތެރިންގެ ތަޖުރިބާ އާއި ދާއިރާގެ ބައެއް އުސްއަލިތައް ކިޔައިދިނުމެވެ.
މިއަހަރުގެ ސްކޫލް ގައިޑުގައި ހެނދުނު ނާސްތާ ޕްރޮގްރާމުން ފެށިގެން ކަސްރަތުގެ މުހިއްމު ކަމުގެ މައުލޫމާތުތައް ވެސް ހިމަނާފައިވެ އެވެ.
ދަރިވަރުންނަށް ރިޕޯޓުފޮތް ދިން ވަގުތު ސްކޫލު ގައިޑް ބަހަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
މީގެ އޮންލައިން އެޑިޝަނެއް ވެސް ނެރުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން މި ގައިޑްގެ އޮންލައިން އެޑިޝަން އަންނަ ހަފްތާއިން ފެށިގެން އާންމު ކުރާނެ އެވެ.
ސްކޫލް ގައިޑް، މި ފެންވަރުގައި ނެރެފައިވަނީ ތައުލީމީ ދާއިރާއާ ގުޅުން ހުރި ވިޔަފާރިތައް ހިންގާ ބުކްޝޮޕްތަކާއި އެހެން ބައެއް ވިޔަފާރިވެރިންގެ ވެސް އެހީތެރިކަމާ އެކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ