ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ކަނޑައެޅިފައިވާ އުޞޫލުތަކަށް ބަލާއިރު، ސިއްރު ހެކިބަސް އެއްވެސް ޙާލަތެއްގައި ނުނެގޭނެ ކަމުގައި ހައިކޯޓުން ނިންމި ނިންމުން ސުޕްރީމްކޯޓުގައި އިސްތިއުނާފުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހަޅުއްވައިފިއެވެ. ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ސިއްރު ހެކިންގެ ހެކިބަސް ނެގޭނެ ގޮތެއް ކަމުގައި ބުނެފައިވަނީ ހެއްކާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުން، އެޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައެވެ. ނަމަވެސް ދިވެހިރާއްޖޭގައި އޮތް ހެއްކާ ބެހޭ ޤާނޫނަކީ 1976ވަނަ އަހަރުގެ ޤާނޫނެއް ކަމުގައިވާތީ އެޤާނޫނުގައި ސިއްރު ހެކިބަހާ ގުޅޭ އެއްވެސް އުޞޫލެއް ހަމައެއް ބަޔާންކޮށްފައިނުވެއެވެ. އިސްވެ ބުނެވުނު ސަބަބަށްޓަކައި ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރު ހެކިބަސް ނެގުމަކީ ޖިނާއީ އިޖުރާއާތާ ޚިލާފު ކަމެއް ކަމުގައި ކަނޑައަޅައި ހައިކޯޓުން ހުކުމް ކޮށްފައިވަނީ ކުރީގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ މައްޗަށް އިއްވާފައިވާ ޙުކުމެއް އިސްތިއުނާފުކުރެއްވުމުން އެމައްސަލަ ފައިސަލާކޮށް އެކޯޓުން ކޮށްފައިވާ ޙުކުމުގައެވެ. ސިއްރު ހެއްކާ ބެހޭ ގޮތުން ހައިކޯޓުގައި ކަނޑައެޅުނު އުޞޫލުތައް ރަނގަޅު ނޫން ކަމުގައި ވިދާޅުވެ، އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމުވަނީ ނިންމަވާފައެވެ. އަދި އެމައްސލަަ މިއަދު ކޯޓަށް ހުށަހަޅާފައިވާކަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކަށަވަރުކޮށްދީފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ހައިކޯޓުން ނިންމި ނިންމުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ