ފުވައްމުލަކުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑި ހިދުމަތްތަކަށް ބުރޫއަރައިފި އެވެ.
ފެނަކަ ކޯޕަޜޭޝަނުން ބުނީ ފުވައްމުލަކުގެ ބޮޑު ސަރަހައްދަކުން މިއަދު ކަރަންޓް ކެނޑުނީ ފުވައްމުލަކު ދޫނޑިގަމު އަވަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށްޓަކައި ސްރީލަންކާގެ ސިއަރާ ކުންފުނިން ހޮޅިވަޅުލުމުގެ މަަސައްކަތް ކުރަމުން ދަނިކޮށް ކަރަންޓް ކޭބަލެއްގެ ދެ ތަނަކަށް ގެއްލުންވުމާ ގުޅިގެން ކަމަށެވެ.
ފުވައްމުލަކުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައިވާތީ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އިންޖިނިއަރުންގެ ޓީމަކުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށްވެސް ފެނައިން ވަނީ މައުލޫމާތު ދީފަ އެވެ.
ފުވައްމުލަކުގެ ބޮޑު ބަޔަކު ކަރަންޓް ކެނޑި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ފެނަކައިން ވަނީ މައާފަށް އެދިފަ އެވެ.
ރަށްރަށުގައި 24 ގަޑިއިރު ކަރަންޓް ޔަގީންކޮށްދިނުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދަކަށްވީ ނަމަވެސް ރާއްޖޭގައި އެންމެ ގިނަ މީހުން ދިރިއުޅޭ މާލެއާއި އައްޑޫގައި ދޭތެރެދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލައަށް އަދިވެސް އެދެވޭ ހައްލެއް ލިބިފައެއް ނުވެ އެވެ.
ފުވައްމުލަކުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑި ހިދުމަތްތަކަށް ބުރޫއަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ