އޮފީހަށް ވަދެގަތް މީހުންނާއި ދެކޮޅަށް ދައުވާކުރާނަން: މައުމޫން

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި އެޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ހުޅުއްވާފައިވާ އޮފީހުގައި ހަރުކޮށްފައިވާ ނަން ބޯޑާއި، ޕީޕީއެމްގެ ދިދަ ގެންދިޔަ މައްސަލައާއި ގުޅިގެން ދައުވާކުރައްވާނެކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިކަން ހާމަކުރައްވާފައިވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރިން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ކުއްޔަށް ހިފާފައިވާ އިމާރާތަކަށް ހުއްދަ ނެތި ބަޔަކު ވަދެ ގެއްލުންދީފައިވާތީ، އެކަމާއި ދައުވާ ކުރައްވާނެކަމަށެވެ.
"އަޅުގަނޑު ކުއްޔަށް ހިފާފައިވާ އިމާރާތަކަށް ހުއްދަނެތި ބަޔަކު ވަދެ ގެއްލުންދީފައިވާތީ އެކަމާއި އިރާދަކުރެއްވިއްޔާ ދައުވާ ކުރާނަން." މައުމޫން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ