ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވެ، މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ވީނިއުސްއަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ ޑިފެންސް މިނިސްޓްރީގެ ކަމާ ގުޅޭ މުއައްސަސާތައް ކުއްލި ހާލަތަކަށް ގެނެސް 24 ގަޑިއިރު ރާއްޖޭގެ ހާލަތު ބަލަމުންދާ ކަމަށެވެ. ޑިފެންސް މިނިސްޓްރީގެ ދަށުން ހިނގަމުންދާ މުއައްސަސާތަކުގެ މަސައްކަތްތަކަށް ފުލުހުންނާ ކަމާ ގުޅޭ އެހެން މުއައްސަސާތަކުގެ އެހީތެރިކަން ލިބެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މޫސުން ގޯސްވެފައިވާތީ އެމްއެންޑީއެފްގެ ސަރަހައްދީ މަރުކަޒުތަކުގައިވެސް މިކަމާ ގުޅޭ އިންތިޒާމުތައް ރޭވި މާލޭގެ ސެންޓްރަލް ކޮމާންޑާ ގުޅިގެން ހަރަކާތްތެރިވާން ފަށާފައިވާ ކަަމަށެވެ. އަދި މިމަސައްކަތްތަކުގައި އެމްއެންޑީއެފްގެ އިސްވެރިންނާއި ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ބައިވެރިވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އޮޕަރޭޝަން މިވަނީ ފަށާފައި. 24 ގަޑިއިރު މުޅި ރާއްޖޭގެ ހާލަތު ބަލަމުން މޮނީޓާކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކުރަމުން މިދާ ވިއްސާރައާއި ގުޅިގެން ބައެއް ސަރަހައްދުތަކަށް ގެއްލުންވަމުންދާ ކަމުގެ ރިޕޯޓް ލިބެމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އައްޑޫ ސިޓީގެ ހިތަދޫއަށް ކަމަށާއި އެތަނަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކާއި އެތަންތަނުގައި ދިރިއުޅުނު މީހުންނަށް ކަަމަށްވެސް ވިދާޅުވި އެވެ.
"މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު 12 ގެއެއްގެ ފުރާޅު އެއްލާލާ ގެއްލުންތަކެއް ވަނީ މިވަނީ ލިބިފައި. އަޅުގަނޑުމެން މިދަނީ މިކަންކަން ވަރަށް ކައިރިން ބަލަމުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މޫސުން ގޯސްވުމުން ލިބިދާނެ ގެއްލުންތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅައިފިން: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ