ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.
އާއްމު ފަރާތަކުން ޖޭއެސްސީ އަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ބުނީ ގާޒީ އިބްރާހީމް އަލީއާ ގުޅިގެން ބަލަމުން ދަނީ ގާނޫނުއަސާސީއާ ހިލާފަށް ގާޒީ އިބްރާހީމް އަލީ ކޯޓު އަމުރެއް ނެރެފައިވާ މައްސަލައެއް ކަމަށެވެ.
އެ މައްސަލަ ބެލުމަށްޓަކައި ކޮމެޓީއެއް އެކުލަވާލާފައިވާއިރު އެ ކޮމެޓީގައި ތިއްބަވާ މެންބަރުންގެ ނަމެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.
ޖޭއެސްސީން އެކުލަވާލި އެ ކޮމެޓީގެ މެންބަރުންގެ ނިންމުން ޖޭއެސްސީގެ ބައްދަލުވުމަށް ހުށަހަޅާނެއެވެ. އަދި މަގާމުން ވަކި ކުރަން ޖެހިއްޖެ ނަމަ އެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެއެވެ.
ޖޭއެސްސީގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫންވެސް ހިމެނިވަޑައިގަންނަވައެވެ.
ގާޒީ އިބްރާހީމް އަލީގެ މައްސަލައެއް ޖޭއެސްސީން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ