ފުލުހުން ކަރަންޓް ހަތިޔާރު ބޭނުން ކުރަން ފަށަނީ

ފުލުހުން އިލެކްޓްރިކް ހަތިޔާރު ބޭނުން ކުރަން ނިންމައި އެކަމުގެ ތައްޔާރީތައް ފަށައިފި އެވެ.
ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު މިއަދު ވިދާޅުވެފައިވަނީ ކޮންޑަކްޓެޑް އިލެކްޓްރިކް ވެޕަން (ސީއީޑަބްލިއު) އަކީ ފުލުހުންނާއި އަދ އާންމުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުން ކުރެވޭ ހަތިޔާރެއްކަމަށެވެ. މިއީ ނުކިޔަމަންތެރިވާ މީހުން ހައްޔަރު ކުރުމުގައި އެންމެ ސްމާރޓް އަދި އެދެވޭ ގޮތް ކަމުގައިވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.
Twitter Embeded
ފުލުހުން މިހާރު ވަނީ މި ހަތިޔާރު ބޭނުން ކުރުމުގެ ޓްރިއަލް ފަށާފައެވެ. ހަމީދު ވިދާޅުވީ ފުލުހުން ބާރުގެ ބޭނުން ކުރާ މިންވަރު ބަލާއިރު، މި ހަތިޔާރު ބޭނުން ކުރާ ގޮތް ވެސް ބަލާނެ ކަމަށެވެ.މި ހަތިޔާރު ބޭނުން ކުރުމުގައި ފުލުހުން ޒިންމާދާރު ކުރުވުމުގެ ގޮތުން ފުލުހުންގެ ހަށިގަނޑުގައި ކެމެރާ ހަރުކޮށްފައި ހުންނާނެ ކަމަށާއި ޒިންމާދާރުގޮތެއްގައި އެ ހަތިޔާރު ބޭނުން ކުރޭތޯ ޔަގީންކުރާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ