ނަރުދޫގެ ހުރިހާ ގެއެއްގެ ކަރަންޓު ބިލް ދައްކައިދިނީ ދާއިރާގެ މެމްބަރު!

ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަޔަކު ފެނުމުން މޮނިޓަރިންގެ ހާލަތުގައި އޮތް ށ. ނަރުދޫގެ ހުރިހާ ގެއެއްގެ މިދިޔަ މަހުގެ ކަރަންޓު ބިލް، ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ދައްކަވައި ދެއްވައިފި އެވެ.
މާލެ އަށް ނަރުދޫން ދަތުރު ކުރާ ހަމައެކަނި އުޅަނދު، "އަމާޒު ބޯޓު"ގެ ކެޕްޓަން ޕޮޒިޓިވް ވުމާ އެކު، މިދިޔަ މަހު 28 އިން ފެށިގެން އެ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. ރަށު ތެރެއަށް އާއްމުކޮށް މީހުންނަށް ނުނިކުމެވޭ އިރު އެ ރަށަށް އަރައި ފޭބުން ވެސް މި ވަގުތު މަނަލެވެ. އެހެންވެ، ރަށުގެ ގިނަ މީހުންގެ އަތްމަތި ދަތިވެފައިވާ މި ދުވަސްވަރު، ރިޒާ ވަނީ އެހީވެ ވަޑައިގެން ނަމޫނާ ދައްކަވައިފަ އެވެ.
ނަރުދޫ ފެނަކަ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މީހުން ދިރިއުޅޭ ހުރިހާ ގެއެއްގެ މިދިޔަ މަހުގެ ކަރަންޓު ބިލަށް 37،000 އަށް ވުުރެ ގިނަ ރުފިޔާ އެރި އެވެ. އަދި އެހީއެއްގެ ގޮތުގައި މެމްބަރު ރިޒާ އެ ފައިސާ ދައްކަވައިދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Atholhu ge rah thakun Narudhoo haalugai jehunaka nudhin!
Mihaaru
މޮނިޓަރިންގެ ހާލަތުގައި އޮތުމުން ގިނަ މީހުންގެ އަތްމަތި ދަތިވެ، ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ށ. އަތޮޅުގެ ގިނަ ރަށްރަށުން ވަނީ އެ ރަށަށް ދީލަތި އެހީތަކެއް ފޯރުކޮށްދީފަ އެވެ. އެގޮތުން މިދިޔަ ރޯދަ މަހު ވަނީ ކާނާގެ ގިނަ ތަކެތި ނަރުދޫ ރައްޔިތުންނަށް ފޮނުވައިދީފަ އެވެ. އޭގެ ތެރޭގައި ކަނޑުމަހާއި ކާޑުގެ ބާވަތްތަކާއި މޭވާ އާއި ފެން ހިމެނެ އެވެ.
މާލެ ފިޔަވައި އެންމެ ގިނަ މީހުން ރާއްޖޭން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ނަރުދޫންނެވެ. އެންމެ ފުރަތަމަ އެ ބައްޔަށް އެ ރަށުން ޕޮޒިޓިވްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލޭން ފުރި އަމާޒު ބޯޓުގެ ކެޕްޓަނެވެ. އެ އަށް ފަހު އޭނާގެ އާއިލާގެ އިތުރު ހަތް މީހުންނާއި އިތުރު ބަޔަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ