ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޕާސްޕޯޓު ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
އުމަރުގެ ޕާސްޕޯޓު ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ އުމަރުގެ ހިއްސާ އޮންނަ ކުންފުންޏަކާ ދެކޮޅަށް ޕެންޝަން އޮފީހުން ކުރި ދައުވާއަކާ ގުޅިގެން ކަމަށް ބުނެއެވެ.
ރަހުނެއް ނުހިމެނޭ ސާބިތު ދަރަންޏާ ބެހޭ ގަވައިދުގައި ބުނާ ގޮތުން، ކުންފުންޏެއްގެ މައްޗަށް ދަރަންޏެއް ސާބިތުވެއްޖެ ނަމަ އެ ފައިސާ ދައްކަންދެން، އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ޕާސްޕޯޓް ހިފެހެއްޓިދާނެއެވެ. އުމަރުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މި ގަވައިދުގެ ދަށުން ކަމަށް ބުނެއެވެ.
އުމަރުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރެއް ނެރުނުކަން ސިވިލް ކޯޓުން ވެސް ޔަގީންކޮށް ދީފައިވާއިރު އުމަރު ވިދާޅުވީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އުމަރު ވިދާޅުވީ އޭނާ ހިއްސާވާ ކުންފުންޏެއްގެ މައްސަލައެއް ކޯޓެއްގައި ނޯންނާނެ ކަމަށާއި އެފަދަ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކޮށްފައި ވެސް ނުވާ ކަމަށެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް މިއަދު ހުޅުވާލާފައިވާއިރު އުމަރަކީ އެ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ބޭފުޅެކެވެ. އެހެންނަމަވެސް އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހެއްނަމަ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޝަރުތު ހަމައެއް ނުވާނެއެވެ.
އުމަރު ނަސީރުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ