ސުޕްރީމް ކޯޓު ރިސެސްއަށް ހިނގައްޖެ

އާދިއްތަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ރިސެސްއަކަށް ހިނގަށްޖެއެވެ.
ސުޕްރީމް ކޯޓު ރިސެސްއަށް ދިޔައިރު، ސިވިލް ކޯޓުވެސް ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނީ ރިސެސްގައެވެ.
ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ސުޕްރީމް ކޯޓުން ރިސެސްގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފުތާގެ ރަސްމީ ފަހު ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތުގެ ދުވަހާ ހަމައަށެވެ.
ރިސެސްގެ މުއްދަތުގައި އާންމު އުސޫލުން ޝަރީއަތްތައް ކުރިއަށް ނުގެންދިޔަ ނަމަވެސް، މައްސަލަތައް ބަލައިގަތުމާއި އިދާރީ ކަންކަން ކޯޓުތަކުގައި ކުރިއަށް ގެންދާނެއެވެ.
ސުޕްރީމް ކޯޓު ރިސެސްގައި އޮތަސް، ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން ވަކި މުއްދަތެއްގައި ނިންމަންޖެހޭ މައްސަލަތައް ނިންމުމާއި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ނިންމުމުގެ ބޭނުމުގައި އަޑުއެހުންތައް ކުރިއަށް ގެންދިއުމުގެ ބާރު ސުޕްރީމް ކޯޓަށް އޮވެއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓު ރިސެސްގައި އޮއްވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި ނަމަ، ރިސެސް ނިމުމަކަށް އަންނާނެ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ