ދާއިރާގެ ރައްޔިތުންނަށް ޝުކުރުވެރިވަން: ސައުދު ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި ނަމަވެސް، ދާއިރާގެ ރައްޔިތުން ސާބިތު ކަމާއެކީ ތިބި ކަމަށްޓަކައި އޭނާ ޝުކުރު އަދާކުރައްވައިފި އެވެ. 
ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅުމުން ދާއިރާގެ ރައްޔިތުންގެ އަޑު ކަނޑުވާލާފައިވާތާ ގާތްގަނޑަކަށް 14 މަސް ދުވަސްވެފައިވާއިރު، ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހޯމަ ދުވަހު ވަނީ ކަނޑައަޅައިފަ އެވެ. 
މެމްބަރު ސައުދާއެކު ޕީޕީއެމްއަށް ނިސްބަތްވި 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާފައިވަނީ، އެ މެމްބަރުން ރައީސް އަބްދުﷲ ޔާމީނަށް ތާއިދު ކުރެއްވުން ހުއްޓާލެއްވުމުންނެވެ. 
ސައުދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުން ސާބިތު ވެގެންދިޔައީ ރައްޔިތުންގެ މަޖިލީހަށް ޖެހިފައިވާ ހާލަތުކަމަށާއި ރައްޔިތުންނަށް އެކަމުގެ ސަބަބުން އިބުރަތެއް ހާސިލްވެގެން ގޮސްފިކަމަށެވެ. 
"މި ފެނިގެން ދިޔައީ ރައްޔިތުންގެ ހާލަތު. ރައީސް ޔާމީނަށް ވެރިކަމެއް ނޫން ޖަމިއްޔާއެއްގެ ރައީސްކަން ދޭކަށްވެސް ހެޔޮ ނުވާނެ." ސައުދު ވިދާޅުވިއެވެ.
ސައުދުގެ އިތުރުން  ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)ގެ ގޮނޑި ވެސް ނުގެއްލޭކަމަށް ވަނީ ހުކުމްކޮށްފައެވެ. ސައުދުއާއި ވައްޑެގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި މަޑުއްްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ގޮނޑީގެ މައްސަލާގައި ވެސް މިއަދު ގޮތެއް ނިންމާނެއެވެ. 
ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި އަނެއް އަށް މެމްބަރުންގެ މައްސަލައިގެ އަޑުއެހުންތައް ފަށައިފައެއް ނުވެއެވެ. 
 
 
 
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ