ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ ހޮނިހިރު ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.
މައުލޫމަތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީނަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފޮނުވި ޗިޓްގައި ބުނެފައިވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ އެކައުންޓަށް އެކި ފަހަރުމަތިން ފައިސާ ވަދެފައިވާތީ އެމައްސަލާގައި ސުވާލުކުރުމަށްކަމަށް ވެއެވެ.
ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00 ޖަހާއިރުއެވެ.
ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓްފޮނުވާފައިވާއިރު އިރު އެމަނިކުފާނުގެ ވެރިކަމުގައި ހިނގާފައިވާ ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގައި ޔާމީންގެ މައްޗައް ވަނީ އެތަށް ތުހުމަތުތަކެއްކޮށްފަ އެވެ. މީގެއިތުރުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަތް މައްސަލައެއްވެސް އެންޓި ކޮރޮޕްޝަން ކޮމިޝަން އިން ވަނީ ތަހުގީގު ވެސް ކޮށްފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރު ކަން ކުރެއްވި މޫސާ ޒަމީރު ވެސް އިއްޔެ ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް ޒަމީރު ދޫކޮށްލީ ބުރާސްފަތި ދުވަހު ފުލުހުންގެ އިދާރާއަށް އަލުން ހާޒިރުވުމަށް އެންގުމަށްފަހު އެވެ. އެހެންނަމަވެސް ޒަމީރު ފުލުހުންގެ އިދާރާއަށް ހާޒިރުވި ކަމެއް އަދި ވަނީ ކަށަވަރުވާ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ