ރައްޔިތުންގެ ނިންމުން ބާތިލުކުރަން އިންތިޚާބު ބަލިވި ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ މައްސަލައިގެ ޝަރީއަތް ވަނުމަށް ކިޔޫގައި ޖެހުނު ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުންނާއި ސަރުކާރުގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހަމަލާ ހޫނުވެ، އެ ސަރަހައްދު ހަލަބޮލި ވެއްޖެއެވެ.
ރިޔާސީ އިންތިހާބު ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލައިގެ އަޑު އެހުމަށް ވަނުމަށް ގިނަ ބަޔަކު ކިޔޫގައި ޖެހުނެވެ.
ކިއުގައި ޖެހެން އާންމު ފަރާތްތައް ފެށީ ހެނދުނު 10:00 ގައެވެ.
ސުޕްރީމް ކޯޓުގައި ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލީ 12:00 ގައެވެ. ސުޕްރީމް ކޯޓުގެ ޝަރީއަތް ކުރާ މާލަމަށް ގާތްގަނޑަށް 25 މީހުންނަށް ވަދެވޭ އިރު އެ ސަރަހައްދުގައިވަނީ އެއަށްވުރެ ގިނަ ބަޔަކު ކިއު ހަދާފައެވެ. ކިއުގައި އެތައް ގަޑިއިރުތަކެއް ވަންދެން ތިބި ފަރާތްތަކަށް ނުވަދެވުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ކިއުގައި ޕީޕީއެމް އަށް ނިސްބަތްވާ ފަރާތްތަކާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތައް ތިބި އިރު ބަހުގެ ހަމަލާތަށްވެސް ވަނީ ދެ ފަރާތަށް ނިސްވަތްވާ ފަރާތަކުން ބަދަލުކޮށްފައެވެ. ފުލުހުންނާއި ސިފައިން ވަނީ މިކަން ހުއްޓުވާފައެވެ.
އެ ސަރަހައްދުގައި ބޮޑަށް ހަމަނުޖެހުން އުފެދިގެން ދިޔައީ ސަރުކާރަށް ނިސްބަތްވާ ބަޔަކާއި ސަރުކާރު ހިންގާ ޕާޓީގެ އިސް ބަޔަކު، ކިޔޫގައި ނުޖެހި ސުޕްރީމް ކޯޓަށް ވަދެވަޑައިގަތުމުންނެވެ. ނަމަވެސް ގިނަ އިރުތަކެއް ނުވެ، ސިފައިންނާއި ފުލުހުން ރަޔަޓް ގިޔަރުގައި ނުކުމެ އާންމުންނާއި ނޫސްވެރިން ދުރަށް ޖެއްސި އެވެ.
ނަމަވެސް އެ ސަރަހައްދުން އާންމުން ދުރަށް ނުދިއުމަށްޓަކައި ގޯޅިތަކުގައި އިށީނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް info[email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސުޕްރީމް ކޯޓު ސަރަހައްދު ހަލަބޮލި ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ