ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑރ. ހުސައިން ފާއިޒު ހަމަޖައްސައިފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ބުނީ، ޑރ. ހުސައިން ފާއިޒު އެ މަގާމަށް އައްޔަން ކުރަން ނިންމީ މިއަދު ބޭއްވި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބޭއްވި ބައްދަލުވުމެއްގައެވެ.
ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްއަކީ އެ ކޯޓުގެ އިދާރީ ހިންގުމުގެ އެންމެ އިސް ވެރިޔާއެވެ. އަދި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުން އޮންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ސުޕްރީމް ކޯޓުގެ އިދާރީ ކަންތައްތައް ބެލެހެއްޓުމާއި އެ ކަންތައްތައް ހިނގަމުން ދަނީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަން ކަށަވަރު ކުރުން ހިމެނެއެވެ.
ސެކްރެޓަރީ ޖެނެރަލް ޒިންމާ ކުރެވޭ ދާއިރާއާ ގުޅޭ ގޮތުން ސިޔާސަތުތައް އެކުލަވާލުމާއި މަޝްރޫއުތައް ރޭވުމަށް ބޭނުންވާ މައުލޫމާތު ފަނޑިޔާރުންގެ މަޖިލީހަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފޯރުކޮށްދިނުމާއި، އެކުލަވައިލެވޭ މަޝްރޫއުތަކާއި ޕްރޮގްރާމްތައް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުންގެ މަޖިލީހުގެ އިރުޝާދުގެ ދަށުން ހިންގުމާއި ބެލެހެއްޓުން ވެސް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.
ސުޕްރީމް ކޯޓުގެ އެސްޖީއަށް ހުސައިން ފާއިޒު ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ