ލޮނު ފެނުން ކަރަންޓު އުފެއްދުން: ރާއްޖެއަށް ބޭނުން ހިފިދާނެ ޓެކްނޮލޮޖީއެއް

ކޯރުތަކުގެ ވަކި ހިސާބުތަކުން ރީތިފެނާއި ލޮނުފެން އެއްވާ ސަރަހައްދުތައް ފެންނާނެ އެވެ. ބަލައިބެލުމަށް އެއީ މާއަޖައިބު ކުރަވަނިވި ކަމެއް ކަމަށް ފާހަގަނުވި ނަމަވެސް، ފަހުގެ ދިރާސާތަކުން ހާމަވާ ގޮތުގައި ކޯރުތަކުގެ މިފަދަ ސަރަހައްދުތަކަކީ ކަރަންޓު އުފެއްދޭނެ މާސިންގާ ވަސީލަތެއް ކަމަށެވެ.
ސެމި-ޕާމިއަބަލް މެމްބްރޭނަކުން (އޭގެތެރެއިން އެއްކޮޅުން އަނެއްކޮޅަށް މަދު ފެންފޮދެއް ނޫނީ ދައުރުނުކުރާ ފަދަ ފަށަލައަކުން) ދެބަޔަށް ބައިކޮށްފައިވާ ބޮޑު ތަށްޓެއް ސިފަކުރާށެވެ. ތަށީގެ އެއްފަޅިއަށް އަޅާފައިވަނީ ރީތިފެނެވެ. އަނެއް ފަޅީގައި ލޮނުފެނެވެ. ރީތިފެން ފަށަލައިގައި ހުންނަ ފެނުގެ މޮލެކިއުލްތައް ފަށަލަ ތެރެއިން ލާފައި ގޮސް ލޮނުފެން ހުރި ބައި ޑައިލޫޓް ކޮށްލާނެ އެވެ. މިއީ ގުދުރަތީގޮތުން ފެނަށް ލިބިފައިވާ ސިފައެއްގެ ސަބަބުން ހިނގާ ކަމެކެވެ. މި ޕްރޮސެސްއަށް ކިޔާ ނަމަކީ އޮސްމޯސިސް އެވެ.
އޮސްމޯސިސް އަކީ ކަރަންޓު އުފެއްދުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. ރީތިފެން، ދެފެން ދެމެދުގައިވާ ފަށަލަ ތެރެއިން ލާފައި ގޮސް ލޮނުފެނުގެ ތެރެއަށް ވަނުމުން، ލޮނުފެން ހުރި ފަރާތުގައި ހުންނަ ފެނުގެ މިންވަރު އިތުރުވެ އެވެ. މިގޮތަށް ފެނުގެ މިންވަރު އިތުރުވެ ފެން ފަށަލަ މައްޗަށް ޖެހޭ އިރު، ކަރަންޓް އުފައްދާ ޖަނަރޭޓަރު ތަކުގައި ހުންނަ ބުރަފަތިތައް އަނބުރާލެވޭވަރު ވާނެ އެވެ. އެހެންނަމަވެސް މިހާތަނަށް އައި އިރު އޮސްމޯސިސް ބޭނުންކޮށްގެން މަސައްކަތްކުރާ ކަރަންޓު އުފައްދާ ޕްލާންޓުތަކުން އާއްމު ބޭނުންތަކަށް ބޭނުންކުރެވޭ ވަރަށް ކަރަންޓް އުފައްދާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ