ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވައިކަރަދޫ ދާއިރާއަށް ކުރިމަތި ލައްވާ ޢަދާލަތު ޕާޓީގެ ކެންޑިޑޭޓް އަލްއުސްތާޒާ އާއިޝަތު ޚަލީލާ އަބްދުލްސައްތާރަށް ތާޢީދު ކޮށް ޕީޕީއެމްގެ ކައުންސިލް މެމްބަރ އަނީސާ އަހްމަދު ވާހަކަފުޅު ދައްކަވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އަލްއުސްތާާޒާ އާއިޝަތު ޚަލީލާގެ ކެމްޕޭން ބައްދަލުވުމެއް ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، އަނީސާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރުމަށް މީހަކު ގައިގައި ހުންނަން ޖެހޭ ހުރިހާ ސިފަތަކެއް އާއިޝަތު ޚަލީލާގައި އެބަ ހުރި ކަމަށެވެ.
އަނީސާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ހަދާ ޤާނޫނުތަކުގައި އަންހެނުންގެ ވިސްނުމާއި އިހްސާސްތައް ހިމެނެން ޖެހޭ ކަމަށާއި، އެހެން ކަމުން އަންހެނުން ވެސް މަޖިލީހުގައި ތިބެން ޖެހޭ ކަމަށެވެ.
"އާއިޝަތު ޚަލީލާ ކަހަލަ އެކަމަށް ސާބިތު އަންހެން ބޭކަލުން ތިބުމަކީ އަޅުގަނޑުގެ ނަޒަރުގައި ރައްޔިތުންގެ މަޖިލީސް ފުރިހަމަ ވެެގެން ދާނެ ކަމެއް." އަނީސާ ވިދާޅުވި އެވެ.
އަނީސާ ވަނީ ވައިކަރަދޫ ދާއިރާއަށް އާއިޝަތު ޚަލީލާ އިންތިޚާބު ކޮށްދިނުމަށް އެ ދާއިރާގެ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.
"އަންހެން ބޭފުޅަކު މަޖިލީހަށް އިންތިޚަބު ކުރާ ނަމަ އާއިޝަތު ޚަލީލާއަށް ވުރެ ވަކން އެކަމަށް ޤާބިލު އަދި ތަސައްރަފު ފުރޭ އަންހެން ބޭފުޅަކު ނެތޭ. އެހެންވީމާ ވައިކަރަދޫ ދާއިރާގެ އިއްޒަތްތެރި ރައްޔިތުން އައިޝަތު ޚަލީލާ އެބޭފުޅުންގެ މަންދޫބުގެ ގޮތުގައި އިންތިޚަބު ކުރުމުގެ ގޮތުގައި ވޯޓް ދެއްވުމަކީ އަޅުގަނޑު [އެދޭ ކަމެއް]." އަނީސާ ވިދާޅުވި އެވެ.
ޢަދާލަތު ޕާޓީއިން ވައިކަރަދޫ ދާއިރާއަށް ވާދަ ކުރައްވާ ބޭކަނބަލަކަށް ޕީޕީއެމްގެ ކައުންސިލް މެމްބަރެއް ތާއިދު ކުރައްވާފައިވާ އިރު، ވައިކަރަދޫ ދާއިރާއަށް ސަރުކާރުގެ ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން އިޤްބާލް އާދަމެވެ.
ޕީޕީއެމް ކައުންސިލް މެންބަރު އަނީސާ ވައިކަރަދޫ ދާއިރާގެ އަދާލަތު ކެންޑިޑޭޓަށް ތާއިދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ