މި ޕޯޑިއަމްގައި މިހުރީ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދޭތި: މޫސާ މަނިކު

މިއަދު ސަރުކާރުގެ ޕޯޑިއަމެއްގައި ހުންނެވީ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދީ ގައުމު ތަރައްގީ ކުރައްވާތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ހއ. ކެލާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަމެއްގެ ކިބައިން ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ހުރިކަން އެނގިގެންދާ ކަމަށެވެ.
ރައީސެއްގެ ކިބައިން ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުން ކަމަށާއި އޭގެ ތެރޭގައި އަމަންއަމާންކަން ގާއިމުވެފައި އޮތުމާއި އިސްލާމު ދީނުގައި ސާބިތުވެ ހުރުން ހިމެނޭ ކަމަށް މޫސާ މަނިކު ވިދާޅުވެއެވެ. އޭގެ އިތުރުން ނަރުދަމާ އާއި ފެނާއި ލަފާފުރުމުގެ ދަތިތައް ހައްލުވެފައި އޮތުމަށް ރައްޔިތުން ބޭނުންވާ ކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.
އެކަންކަން ފުރިހަމަކޮށް ރައްޔިތުން ދެން ބޭނުންވަނީ ތަރައްގީ އާއި ކުރިއެރުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އެއާޕޯޓާއި ބްރިޖް އެޅުމާއި ބިން ހިއްކުން ފަދަ ކަންކަން ކަމަށް ވިދާޅުވެ މޫސާ މަނިކު ވިދާޅުވީ ސަރުޚާރުގެ ޕޯޑިއަމްގައި މިއަދު ހުރީ އެކަންކަން ރައީސް ޔާމީން ފުއްދަވައިދެއްވާތީ ކަމަށެވެ.
"އަޅުގަނޑުގެ އެއްވެސް ކަހަލަ އެހެން ބޭނުމެއް ނެތް. އެއީ މި ޕާޓީއަށް އައިފަހުން ވެރިކަމުގެ ވާހަކައެއްވެސް ނުދައްކަމޭނުންތޯ" މޫސާ މަނިކު ވިދާޅުވިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސާ މަނިކުވަނީ އެމްޑީޕީއަށް ފާޑު ވިދާޅުވެފައެވެ. އެމްޑީޕީ އުފެއްދީ ސިޔާސީ ޕާޓީއެއް ވަރުވާއަށް ލިޔަން ނޫން ކަމަށް ވިދާޅުވެ މޫސާ މަނިކު ވިދާޅުވީ އެމްޑީޕީއަކީ މުސްތަގުބަލެއް އޮތް ތަނެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ