ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ކުރީގެ ނައިބް ރައީސް އަލްއުސްތާޒު އަބްދުﷲ އަލީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.
އަބްދުﷲ ޢަލީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވީ މ. ކުނޫޒުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވަމުންގެންދަވާ އަބްދުﷲ ޖޭޕީއަށް ސޮއި ކުރެއްވުމުން އޭނާގެ މެންބަޝިޕް ފޯމާ ހަވާލުވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ ވަޒީރު އަބްދުﷲ ކަމާލުއްދީން އެވެ.
މާސްޓާސް އޮފް ކޮމްޕެއާރެޓިވް ލޯ ހައްދަވާފައިވާ އަބްދުﷲ ޢަލީ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބް ރައީސް ކަން ކުރުމުގެ އިތުރަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ޑިރެކްޓަރެއްގެ ގޮތުގައި ވެސް މީގެ ކުރިން މަސައްކަތް ކުރައްވާފަ އެވެ.
އަބްދުﷲ އަކީ މާސްޓާސް އޮފް ކޮމްޕެއާރެޓިވް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ.
ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް އެޕާޓީން ކުރިއަށް ގެންދާ "ޖޭޕީ ހޭވައްލާ" ކެމްޕޭންގެ ދަށުން ގިނަ އަދަދެއްގެ ބަޔަކު ގެންދަނީ ޖޭޕީއަށް ސޮއި ކުރަމުންނެވެ. މީގެތެރޭގައި ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި ތައުލީމީ ގޮތުން މަތީ ފާސްތައް ހޯއްދަވާފައިވާ ބޭފުޅުން ހިމެނެ އެވެ.
ޓްރައިބިއުނަލްގެ ކުރީގެ ނައިބް ރައީސް އަބްދުﷲ އަލީ ޖޭޕީ އާގުޅިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ