އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާ އާއި މ. ކޮޅުފުށީ ކައުންސިލަށް މެންބަރުން އިންތިހާބުކުރުމަށް ބޭއްވި ބައި އިލެކްޝަންގެ ނަތީޖާ އިން ޕީޕީއެމް ފިލާވަޅު ލިިގަންނަންޖެހޭ ކަމަށާއި އިރާދަކުރެއްވިއްޔާ އެފިލާވަޅު ޕީޕީއެމް އިން ލިބިގަންނާނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ކޮޅުފުށީ ކައުންސިލް އިންތިޙާބު ޕީޕީއެމް އަށް ނާކާމިޔާބުވުމުން މިރޭ ކުރެއްވެވި ޓްވީޓެއްގައެވެ.
އެންމެ ފަހުން ބޭއްވި ދެބައި އިލެކްޝަނުން ފިލާވަޅު ލިބިގަންނާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އިރު ދެބައި އިލެކްޝަން ވެސް ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީ އިންނެވެ.
ކޮޅުފުށީ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިޙާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު ހުސެއިން ޝާމިލް އަށް ޖުމްލަ 354 ވޯޓު ލިބިވަޑައިގެންފައިވެއެވެ. ޝާމިލް އާއި ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު މުހައްމަދު ނާސިރަށް ލިބިވަޑައިގެންފައިވަނީ 334 ވޯޓެވެ.
ނާކާމިޔާބުވި ދެބައި އިލެކްޝަނުން ފިލާފަޅު ލިބިގަންނާނަން – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ