ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާކަން ދައްކަން ސައްހަ ނޫން ލިއުމެއް ތައްޔާރުކުރި މައްސަލާގައި ރޭ ދަންވަރު ހައްޔަރުކުރި، ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހުތާޒް މުހުސިން ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ގެންދިއުމުން މުހުތާޒް ދޫކޮށްލީ، ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތު ކުރުމަށް ފަހުގަ އެވެ.މުހުތާޒްގެ އިތުރުން އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް ގއ. މާމެންދޫ ވީނަސް އަހުމަދު ނިހާން 30، ވެސް ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލާގައި ރޭ ހައްޔަރުކުރި އެވެ. އެކަމަކު އޭނާގެ ބަންދާ މެދު ނިންމި ގޮތެއް އަދި ނޭނގެ އެވެ. އިސްކަންދަރުކޮށީގައި އިއްޔެ ބޭއްވި ކުއްލި ނިއުސް ކޮންފަރެންސެއްގައި ސީރިއަސް
އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ހެޑް،
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ލިޔުން
ތައްޔާރުކުރީ އިއްޔެ ރޭ ދަންވަރު މާލެ އިން ބަޔަކު ރަށަކަށް ގޮސް، މެޖިސްޓްރޭޓް
ކޯޓެއް ހުޅުވައިގެން، އެ ކޯޓުގެ ފަނޑިޔާރަކާ އެކުގައި ކަމަށެވެ. ކޯޓުގެ
ނަމުގައި އެ ލިޔުން ތައްޔާރުކޮށް، މާލޭގެ މަގުމަތީގައި ބާއްވައި ފުލުހުންގެ
ބަޔަކާ ހަވާލުކުރަން މަސަކަތްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ރިޔާޒް
ވިދާޅުވި ގޮތުގައި ލިޔުން ތައްޔާރުކުރި މީހުން މަސައްކަތް ކޮށްފައި ވަނީ
ރައީސް ޔާމީން ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރާ ކަން ދެއްކުމަށެވެ.
ކުރީގެ ޕީޖީ މުހުތާޒް ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ