ގައުމުގައި ހަމަޔާއި އިންސާފު އެބައޮތްތޯ ރައީސް މައުމޫން ސުވާލުކުރައްވައިފި

އެއްވެސް ހެއްކެއް ނެތި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޝްވަތުދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު، ފައިސާ ގޯނި ހިފައިންގެ މެންބަރުންގެ ގާތަށް ހިނގިކަމަށް ބުނާ މީހާގެ މައްސަލައާއި ގުޅިގެން ފިޔަވަޅު އަޅާފައިނުވާތީ މިގައުމުގައި ހަމަޔާއި އިންސާފު އެބައޮތްތޯ ރައީސް މައުމޫން ސުވާލު ކުރައްވައިފިއެވެ.
އެމަނިކުފާނު މި ސުވާލްކުރައްވާފައިވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރިން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓްގައި އެއްވެސް ހެއްކެއް ނެތި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޝްވަތުދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު، ފައިސާ ގޯނި ހިފައިންގެ މެންބަރުންގެ ގާތަށް ހިނގިކަމަށް ބުނާ މީހާއާއި ދޭތެރޭ އެޅުނީ ކޮން ފިޔަވަޅެއްތޯ ސުވާލްކުރައްވާފައެވެ.
އަދި މިކަމުގައި އޮތް ހަމަޔާއި އިންސާފަކީ ކޮބައިތޯ ރައީސް މައުމޫން ވަނީ ސުވާލްކުރައްވާފައެވެ.
ރައީސް މައުމޫން ވަނީ މި ސުވާލްތަކަށް ޖަވާބު ދެއްވުމަށް ފުލުހުންނާއި އެޓާނީ ޖެނެރަލްގެ އަރިހުން އެދިވަޑައިގެންފައެވެ.
އެއްވެސް ހެއްކެއް ނެތި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޝްވަތުދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު، ފައިސާ ގޯނި ހިފައިންގެ މެންބަރުންގެ ގާތަށް ހިނގިކަމަށް ބުނާ މީހާގެ މައްސަލައާއި ގުޅިގެން ފިޔަވަޅު އަޅާފައިނުވާތީ މިގައުމުގައި ހަމަޔާއި އިންސާފު އެބައޮތްތޯ ރައީސް މައުމޫން ސުވާލް ކުރައްވާފައިވާއިރު، މެންބަރުނަށް ރިޝްވަތު ދޭން އުޅުުނުކަމަށް ތުހުމަތުކޮށް ގާސިމް އިބްރާހިމް ވަނީ ހައްޔަރުކޮށްފައެވެ.
މީގެ ކުރިން މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ގާތަށް ފައިސާ ގޯނި ހިފައިންގެ ހިނގިކަމަށާ ފައިސާ ނުޖެހޭ މަދު މެންބަރަކު ނޫނީ ނެތްކަމަށް ވިދާޅުވެ ސަރުކާރަށް ނިސްބަތްވާ މެންބަރަކު ވަނީ މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައެވެ.
ރިޝްވަތު ދޭން އުޅުނުކަމަށް ތުހުމަތުކޮށް ގާސިމް ހައްޔަރުކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް މައްސަލައެއްގައިކަމަށާ އެއީ ސަރުކާރުން ރާވައިގެން ފުލުހުންގެ ތެރެއިން ވަކި ބަޔަކު ލައްވާ ކުރުވާކަމެއްކަމަށް ސިޔާސީ ގިނަ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ