ބާތިލުކުރި އެމްޑީޕީ އިނގުރައިދޫ ދާއިރާގެ ވޯޓު، އަލުން ނަގަން ފަށައިފި

އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ ވޯޓުލުން އަލުން ނަގަން ނިންމާފައިވަނީ، އެ ޕާޓީގެ އިންތިޚާބުގައި އިނގުރައިދޫ ދާއިރާގެ ވޯޓުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެ ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމެޓީން އެގޮތަށް ނިންމުމާއި ގުޅިގެނެވެ. އެ އިންތިޚާބުގެ ވޯޓު އަލުން ލުމަށް ނިންމުމާއި ގުޅިގެން އިނގުރައިދޫ ދާއިރާގައި ހިމެނޭ އިންނަމާދޫ، ރަސްމާދޫ، އިނގުރައިދޫ، ފައިނު އަދި ކިނޮޅަހުގައި މި ވޯޓު ނެގުން މިއަދު ކުރިޔަށް ގެންދާނެއެވެ. މި ދާއިރާގެ ވޯޓުގައި ދާއިރާ ރައީސް ކަމަށް ވާދަކުރަނީ، ރ. އިންނަމާދޫއަށް ނިސްބަތްވާ ޢަބްދުﷲ ޝަފީޤް، ރ. ފައިނަަށް ނިސްބަތްވާ މޫސާ ޢުމަރުމަނިކު އަދި ރ. މަޑުއްވަރީއަށް ނިސްބަތްވާ ނަސްރުﷲ ޙުސައިންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ