ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ކަނޑުތައް ގަދަވުމާ ގުޅިގެން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.
ވައިޓް އެލާޓް ނެރެފައިވަނީ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 10:00 އަށެވެ.
މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާއިރު ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެއެވެ.
ކަނޑުގެ ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައިކަމަށްވެސްމެޓުންލަފާކުރެއެވެ.
އެެހެން ކަމަުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގެ މޫސުން ކުރިއަށް އޮތް ތިން ދުވަހަށް ވެސް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ދަތުރު ފެށުމުގެ ކުރިން ހުރިހާ ފަރާތްތަކުން މޫސުމުގެ މައުލޫމާތު ހޯދުމަށް ވެސް މެޓް އޮފީހުން ވަނީ އެދިފަ އެވެ.
މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ