އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ސަސްޕެންޑް ކޮށްފައި ހުރި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާ މެދު އަމަލުކުރާ ގޮތާމެދު ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ނުރުހުން ފާޅުކުރައްވައިފިއެވެ.
މަހުލޫފް މައްސަލައާ ގުޅިގެން ވިސާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިނިސްޓަރު މަހްލޫފާ މެދު އަމަލުކުރެވެމުންދާ ގޮތް ފެންނަ ކަމަށެވެ. އަދި ޒާތީ ތައައްސުބު އިސްކޮށް ސިޔާސީ މަންފާ ހޯދުމަށް އަނެކާ ކަތިލެވިގެން ނުވާނެ ކަމަށްވެސް ވިސާމްގެ ޓްވީޓްގައި ބުނެފައިވެއެވެ.
މިނިސްޓަރު މަހްލޫފާ މެދު އަމަލުކުރެވެމުންދާ ގޮތް އެބަ ފެނޭ. ޒާތީ ތައައްސުބު އިސްކޮށް ސިޔާސީ މަންފާ ހޯދުމަށް އަނެކާ ކަތިލެވިގެން ނުވާނެ.
— Mohamed Wisam (@mohamedwisaam) August 10, 2021
މަހުލޫފްގެ ދިފާއުގައި ވިސާމް ޓްވީޓް ކުރައްވާފައިވާއިރު އޭނާގެ މައްސަލައިގައި އަވަހަށް ގޮތެއް ނިންމައިދިނުމަށް އެދި މަހުލޫފް މިއަދުވެސް ޓްވީޓްކޮށްފައިވެއެވެ.
މަހުލޫފްގެ މައްސަލައިގައި ދައުވާ ކުރުމާމެދު ޕީޖީއަށް އަދިވެސް ގޮތެއް ނިންމިފައިނުވާއިރު އެ މައްސަލައިގައި އޭސީސީން ބުނެފައިވަނީ އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރިކަމަށެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުވާ ކުރުމަށް ފިނުވުމާއި ގުޅިގެން މަހުލޫފް ބުނެފައިވަނީ، އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ އޭނާއާ ދެކޮޅަށް އެމްޑީޕީގެ މަޖިލީހުގެ އިސް ބަޔަކު އަޑީގައި ތިބެގެން ބޮނޑިއެއް ދޭން ކުރިކަމެއްގެ ގޮތުގައެވެ.
މަހުލޫފްގެ ދިފާއުގައި މެމްބަރު ވިސާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ