ކަރަންޓު ކޭބަލްއަކަށް ގެއްލުންވެ، ކަރަންޓު ކެނޑުނު ހިޔާގެ ހުރިހާ ފުލެޓަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފުލެޓުތަކުން މިއަދު ހެނދުނު 9:30 އެހާކަންހާއިރު ކަރަންޓާއި ފެން ކެނޑުނީ، އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން ކޮނުމުގެ ތެރޭގައި އެ ކުންފުނިން އަޅާފައިވާ ކަރަންޓު ކޭބަލަކަށް ގެއްލުން ލިބުމުންނެވެ.
އެ ކޭބަލް މަރާމާތު ކުރުމަށް ތިން ނުވަތަ ހަތަރު ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރި ނަމަވެސް ދެ ގަޑިއިރުގެ ތެރޭގައި އަށް ޓަވަރަކަށް ކަރަންޓު ދިނެވެ.
ސްޓެލްކޯ އިން ދެންމެ ބުނީ، ކަރަންޓު ކެނޑުނު ހިޔާގެ ހުރިހާ ފުލެޓަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށާއި ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ކަރަންޓު ކޭބަލްތަައް އަޅާފައިވަނީ އެޗްޑީސީންނެވެ. ދެވަނަ ފިޔަވައްސަށް ކަރަންޓު ދިނުމުގައި ސްޓެލްކޯގެ ދައުރަކީ އެ ކުންފުނީގެ އިންޖީނުގެއިން ކޭބަލެއް ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ސަބްސްޓޭޝަނަކަށް ގެންގޮސް އެ ސަބްސްޓޭޝަން މެދުވެރިކޮށް ކަރަންޓު ފޯރުކޮށްދިނުމެވެ.
ހިޔާގެ ހުރިހާ ފްލެޓަކަށް އަލުން ކަރަންޓު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ