126 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ސިފައިންގެ އާއިލީ ހަވީރު، ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ދެދުވަހުގެ މުއްދަތަށް ރަސްފަންނުގައި ކުރިއަށް ގެންދިޔަ މި ޢާއިލީ ހަވީރުގައި ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި ސިފައިންގެ ޔުނީފޯމްތަކުގައި ފޮޓޯނެގުން ކުރިއަށް ގެންގޮސްފައިވާއިރު ކުޑަކުދިންނަށް ޚާއްޞަކޮށްފައިވާ ތަފާތު ކުޅިވަރުތަކާއި ސްޓޯލްތަކުގެ އިތުރުން ކުޑަކުދިންނާ ގުޅޭ އެހެނިހެން ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ސިފައިންގެ މަސައްކަތުގެ ދާއިރާތަކާއި އުފެއްދުންތެރިކަން ދައްކުވައިދޭ ސްޓޯލްތައް މި ޢާއިލީ ހަވީރުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި އާއިލީ ހަވީރުގައި ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
ސިފައިންގެ އާއިލީ ހަވީރު ކާމިޔާބުކަމާއެކު ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ