އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރާއްޖެއަށް ހަމަޖެހޭ، ރައްކާތެރި އަދި އުފާވެރި މާޙައުލެއް ގެނެސްދިނުމަށްޓަކައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
މައުމޫން މިގޮތަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ޖަގަހަ ކުނޫޒްގައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަކީ ޤައުމު އިސްލާޙު ކުރުމުގެ މަސައްކަތް ކަމަށާއި، ރައީސް ނަޝީދާއި ރާއްޖެއިން ބޭރުގައި ތިއްބެވި ސިޔާސީ ފަރާތްތަކާއި ރަހުމަތްތެރީން، ރާއްޖޭގެ ކަންކަން ރަނގަޅުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމަށެވެ.
މިރޭ އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާއަކީ ޢީދަށް މެދުކަނޑާލުމަށްފަހު އިދިކޮޅު ޙަރަކާތްތައް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާއެކެވެ.
ޖުމްހޫރީ ޕާޓީގެ ޖަގަހާގައި މިރޭ އިދިކޮޅު ޖަލްސާ ކުރިއަށްދާއިރު، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް މިދިޔަމަހު ވަނީ ތިން އަހަރާއި ދެމަހާއި 12 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ.
ގާސިމްގެ މައްޗަށް މި ޙުކުމް އިއްވާފައިވަނީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދިން ކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ. ނަމަވެސް ބަލި ޙާލަތާއި ގުޅިގެން ޙުކުމުގައި ހުންނަވައިގެން ގާސިމް ވަނީ ފަރުވާއަށް ރާއްޖެއިން ބޭރަށް މިދިޔަ ބުދަދުވަހު ފުރާވަޑައިގެންފައެވެ.
މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގައި ހަމަޖެހޭ، ރައްކާތެރި، އުފާވެރި މާޙައުލެއް ބިނާކޮށްދިނުމަށް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ