ދައުރުވަމުންދާ ލަފުޒުތަކާ އެކެޑަމީއާ ގުޅުމެއް ނެތް!

‏އައިސީޓީ ދާއިރާގެ ދިވެހި ލަފުުޒުތަކެއް ކަމަށް ދައުރުވަމުން ދަނީ ދިވެހިބަހުގެ އެކެޑަމީން ހަދާފައިވާ ލަފުޒުތަކެއް ނޫން ކަމަށް އެކެޑަމީން ބުނެފިއެވެ.
ދިވެހިބަހުގެ އެކެޑަމީން ކުރި ޓުވީޓެއްގައި ވަނީ މީސްމީޑިއާގެ އެކި މަންސަތަކުގައި މިހާރު ދައުރުވަމުން ދާ ލަފުޒުތަކަކީ އެ އެެކެޑަމީން ފާސްކޮށްފައިވާ ލަފުޒުތަކެއް ނޫންް ކަމަށެވެ. އަދި އެއީ އެ އެކެޑަމީއާ ގުޅުންހުރި ލަފުޒުތަކެއް ވެސް ނޫންް ކަމަށެވެ.
ދިވެހިބަހުގެ އެކެޑަމީން މިހެން ބުނެފައި މިވަނީ އައިސީޓީ ދާއިރާގެ ދިވެހި ލަފުޒުތަކެއް ކަމަށް ބުނާ ލަފުޒުތަކެއް މީސްމީޑިއާގައި ބަޔަކު ދައުރުކުރަމުން ދަނިކޮށެވެ. އޭގެ ތެރޭގައި ކޮމްޕިއުޓަރަށް ކަންބޫތަރު، ހާޑް ޑިސްކަށް ރައްކައުފޮށި، މައުސްއަށް އަތުކޮއްޕި، ކީބޯޑަށް ފިއްފޯލި ފަދަ ލަފުޒުތައް ހިމެނެއެވެ.
ދިވެހިބަހުގެ އެކަޑެމީން ހަދާ ލަފުޒުތައް އާންމުކުރަނީ ދައުލަތުގެ ނިޝާން ހިމެނޭ ގޮތުން އެކަމަށް ތައްޔާރުކޮށްފައިވާ ޚާއްސަ "ބަސް ކާޑު" ގައެވެ. އެ ކާޑުުުގެ ނަކަލު ހަދައިގެން ވެސް އަސްލު ނޫން ލަފުޒުތައް ދޭތެރެދޭތެއިން މީސްމީޑިއާގައި ދައުރުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ