ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަހުސު އޮޅުވާލުމުގެ ދައުވާއާއި ގުޅިގެން މިއަދު ބާއްވާ ޝަރީއަތުގެ އަޑުއެހުމަށް ފާރިސްގެ ބައްޕަ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ކޯޓަށް ވަޑައިގެންފި އެވެ.
މިއީ ރާއްޖޭގެ ޝަރުއީ ކޯޓެއްގައި ބާއްވާ އަޑުއެހުމަކަށް ރައީސް މައުމޫން ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ފާރިސްގެ މައްޗަށް މިދައުވާ އުފުލާފައިވަނީ އޭނާ ޕީޕީއެމްގެ މެންބަރު ކަމުން ވަކިކުރި ފަހުން ޕީޕީއެމްގެ ހުއްދައާ ނުލައި މިއަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު މޫކައި ސްއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެވެ.
ފާރިސްގެ އަޑުއެހުމަށް ރައީސް މައުމޫން ކޯޓަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ