"އެއްވެސް ސަރުކާރެއްގައި ނާޖާއިޒު މަންފާއެއް ގާސިމް ނުހޯއްދަވާ"

އަލީ ވިދާޅުވި ގޮތުގައި ދިވެހިން، ގާސިމް އިބްރާހިމް ދެކެނީ މަދަދުގާރެއްގެ ގޮތުގައެވެ. ހަމަޖެހުން ގެނެސްދޭނެ ވެރިއެއްގެ ގޮތުގައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އެއްވެސް ސަރުކާރަކުން ނާޖާއިޒު ގޮތުގައި ނުހައްގު މަންފާއެއް ހޯއްދަވާފައި ނުވާ ކަަމަށް އެ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވެއްޖެ އެވެ.
އަލީ ސޯލިހް މިހެން ވިދާޅުވީ ރައީސް ސޯލިހްގެ ދައުވަތަށް ގާސިމް އިބްރާހިމް ރައީސް އޮފީހަށް ވަޑައިގެން އިއްޔެ ބޭއްވެވި ބައްދަލްވުމާއި ގުޅޭގޮތުން ވާދަވެރީން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވައެވެ. އިންތިހާބުތަކުގައި ގާސިމްގެ ތާއީދު ދެއްވަނީ އެމަނިކުފާނަށް ނާޖާއިޒު ގޮތުގައި ނުހައްގު މަންފާތަކެއް ލިބޭނެ ގޮތަށް ޝަރުތުކުރުމަށް ފަހު ކަމަށް ބުނެ ވާދަވެރީން ދަނީ ވާހަކަ ދައްކަމުންނެވެ.އެކަމަށް ރައްދު ދެއްވާ އަލީ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެއްވެސް ފަޅުރަށެއް، ފަޅެއް، ފަރެއް / ފިނޮޅެއްވެސް ނާޖާއިޒުގޮތުގައި ނުހައްގުން ބަޔަކާއި ގުޅިގެން ވިޔަސް އަދި އެ ނޫން ގޮތަކުންވެސް މިހާތަނަށް އެއްވެސް ސަރުކާރަކުން ގާސިމް އިބްރާހީމް ހޯއްދަވައިފައެއް ނުވެއެވެ. އެފަދަ މުއާމަލާތެއް ކުރެއްވުމުގެ ވިސްނުންފުޅެއް ދުވަހަކުވެސް ނުގެންގުޅުއްވައެވެ. އަދި އެފަދަ މުއާމަލާތެއްގެ މުގާބިލުގައި އެއްވެސް ފަރާތަކާއެކު މުއާމަލާތެއް ކުރެއްވިކަން އެއްވެސް އިރަކު ފެންނާކަށްވެސް ނެތެވެ. "ދިވެހިރާއްޖޭގެ އެއްވެސް ތަހުގީގީ އިދާރާ އެއްގައި ޝަރުއީ ކޯޓެއްގައިވެސް އަދި ޝަރުއީ ކޯޓެއްގައި ހިނގާ ނިމި ހުކުމެއް އައިސްފައިވާ މައްސަލައެއްގައިވެސް އޮނަރަބްލް ގާސިމް އިބްރާހީމާއި ގުޅޭގޮތުން މިޒާތުގެ ކަމެއް ނެތްކަމީ މިސާލެއް. ރާއްޖޭގެ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ފަޅުތަކާއި ރަށްރަށް ވިއްކަވައިގެން ފައިސާ ލޯންޑާކުރެއްވިކަން ސާބިތުވެ ހުކުމެއް އައިސްފައިވޭ. އެބޭފުޅަކަށް ތާއީދުކުރާކަން ރައްޔިތުންނަށް އެނގޭ ބަޔަކު އޮނަރަބްލް ގާސިމް އިބްރާހީމާ މިހާރު ޒާތީ ގޮތުން ދިމާކުރުމަކީ އެއްކަލަ ފައިސާތައް ހުދުކުރި ބީދައިން ޝަހުސުވެސް ހުދުކުރުމަށް އޮތް އެންމެ މޮޅުގޮތް ކަމުގައި ދެކޭ ނަމަ އެއީ ކުށް ހީއެއް. އެކަމަށް ފުރުސަތެއް ނެތް،" އަލީ ވިދާޅުވިއެވެ.
އަލީ ވިދާޅުވި ގޮތުގައި ދިވެހިން، ގާސިމް އިބްރާހިމް ދެކެނީ މަދަދުގާރެއްގެ ގޮތުގައެވެ. ހަމަޖެހުން ގެނެސްދޭނެ ވެރިއެއްގެ ގޮތުގައެވެ. އަދި ދުރުވިސްނުންފުޅާއެކު ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރެއްވި އަދި ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ."އެއީ އާންމު ރައްޔިތުންގެ ތައުލީމީ ބައްޕަ. އާންމު ރައްޔިތުންގެ ސިއްހީ މަދަދުގާރު. އާންމު ރައްޔިތުންގެ ޒަރޫރަތާއި މައީޝަތާއި އިގްތިސާދީ ކަންކަމުގެ އެހީތެރިޔާ. މި ލިސްޓުގެ އެއްވެސް ހިސާބެއްގައި ވައްކަމާއި ނާޖާއިޒު ފައިދާ ހޯދުމުގެ ހަރަކާތެއް ނުހިމެނެ. މިއީ ރައްޔިތުން ދެކެ އެންމެ ލޯބިފުޅުވާ ލީޑަރަކީ އޮނަރަބްލް ގާސިމް އިބްރާހީމް ކަމުގެ ސާފު އަލިގަދަ ދަލީލެއް،" އަލީ ސޯލިހް ވިދާޅުވިއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ