އިއްޔެ މާލޭގެ 7 ސަރަހައްދަކުން ކަރަންޓު ދިޔައީ ރެކޯޑް ލޯޑަކާއެކު

ކަރަންޓް ކުންފުނިން ބުނެފައިވާ ގޮތުން އިއްޔެ މެންދުރު 14:10 ހާއިރު މާލޭ ސަރަހައްދުން އެވްރެޖްކޮށް ކަރަންޓް ބޭނުންކުރި މިންވަރު 102 މެގަވޮޓަށް އެރި އެވެ.
މާލޭ ސަރަހައްދުގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ މަތީ ކަރަންޓް ލޯޑާއެކު، އިއްޔެ މާލޭގެ ހަތަރު ސަރަހައްދަކުން ކަރަންޓް ކެނޑުނެވެ. 
ކަރަންޓް ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އިއްޔެ މެންދުރު 14:10 ހާއިރު މާލޭ ސަރަހައްދުން އެވްރެޖްކޮށް ކަރަންޓް ބޭނުންކުރި މިންވަރު 102 މެގަވޮޓަށް އެރި ކަމަށެވެ. ސްޓެލްކޯގެ އެންމެ މަތީ ކެޕޭސިޓީއަކީ 120 މެގަވޮޓެވެ.ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް ރޭ، "ރާއްޖެ ޓީވީ" ގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވިދާޅުވީ އިއްޔެ އެ ލޯޑުގައި ދެ ގަޑިއިރު ވަރު ހިފެހެއްޓިފައި ހުރި ކަމަށެވެ. އަދި، މާލޭގެ ހަތަރު ސަރަހައްދަކުން ކަރަންޓު ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ޝަރީފް ވިދާޅުވީ ކަރަންޓު ކެނޑިފައި ވަނީ ޕީކް ލޯޑުގެ ސަބަބުން ނޫން ކަމަށެވެ."ޓްރާންސްފޯމާގައި ހުންނާނީ ވަކި ލިމިޓެއްގައި ޓެމްޕަރޭޗާ ހިފެހެއްޓިފައި، އެ ޓެމްޕަރޭޗާ އަށް ވުރެ މައްޗަށް ހޫނުމިން އަރައިގެން ދިޔައީމަ އޮޓޮމެޓިކަލީ އޭތި އޮފްކޮށްލާނެ. އެގޮތަށް މާލޭގެ ހަތަރު ސަރަހައްދަކުން ޓްރާންސްފޯމާ އޮފްވެގެން ދިޔަ" އޭނާ ވިދާޅުވިއެވެ.ޝަރީފް ވިދާޅުވީ ބައި ގަޑިއިރެއްހާ އިރުގެ ތެރޭގައި އެ ސަރަހައްދުތަކަށް ކަރަންޓު އަލުން ދީފައިވާ ކަމަށެވެ. މީގެ އިތުރުން، ގާކޮށި ސަރަހައްދާއި، އިތުރު ދެ ސަރަހައްދަކުން، ޓްރާންސްފޯމާ އޯވާލޯޑް ވެގެން ކަރަންޓު ކަނޑާލަން ޖެހުނުކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު މަދުކު ރުމުގެ ގޮތުން ކަރަންޓު ގިނައިން ބޭނުންކުރަނ އޭސީ، ފްރިޖް އަދި ދޮންނަ މެޝީނާއި އިސްތިރި ފަދަ ތަކެތި މަދުން ބޭނުން ކުރަން ޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް އޭސީ ބޭނުން ކުރުމުގައި ސަމާލުވުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ