އަންހެނުންނާ ގުޅުން ހުރި ޝަރުއީ ދާއިރާގެ ބައްދަލުވުމެއް

އަންހެނުންނަށް އިންސާފު ހޯދަން ހުރި ދަތިތައް ނައްތާލުމަށް ކުރެވިފައިވާ މަސައްކަތްތަކާ ބެހޭ ހާއްސަ ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި އެވެ.
"ރީޖަނަލް ކޮންސަލްޓޭޝަން އޮން ދަ އެޑަޕްޝަން އޮފް ދަ ބެންކޮކް ޖެނެރަލް ގައިޑަންސް ފޮ ޖަޖަސް އޮން އެޕްލައިން އަ ޖެންޑަ ޕާސްޕެކްޓިވް އިން ސައުތު އެންޑް ސައުތުއީސްޓް އޭޝިއާ" ގެ ނަމުގައި އިއްޔެ ފެށި ބައްދަލުވުން ކުރިއަށް ދާނީ މިއަދާ ހަމައަށެވެ. މިއީ އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް (އައިސީޖޭ) އާއި ދިވެހިރާއްޖޭގެ ޖުޑިޝާރީއާ ގުޅިގެން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
Happening NOW !
Judges from 9 judiciaries deliberate on the Adoption of the #BangkokGeneralGuidance for Judges on Applying a #GenderPerspective in South & Southeast Asia. pic.twitter.com/EB4UMeHVMd
— ICJ – Asia and the Pacific (@ICJ_Asia) March 18, 2023
މި ކުރިއަށް ގެންދަނީ އެކި ސެޝަންތަަކަކަށް ބަހާލައިގެންނެވެ. އެގޮތުން ސައިބަ ކްރައިމްސް، އޮންލައިން ޖެންޑަ ބޭސްޑް ވަޔޮލަންސް އެންޑް ދަ ޕްރޮޓެކްޝަން އޮފް ވިމެން އިން ދަ ކޮންޓެކްސް އޮފް ދަ ޔޫސް އޮފް ޓެކްނޮލަޖީ ޓު އެންހޭސް ވިމެންސް އެކްސެސް ޓު ޖަސްޓިސް ފަދަ ސެޝަންތައް ހިމެނެ އެވެ.
މީގައި ރާއްޖޭގެ ފަނޑިޔާރުންގެ އިތުރުން ސްރީ ލަންކާ، ނޭޕާލް، އިންޑޮނޭޝިއާ، ފިލިޕީންސް، ޕާކިސްތާން، އިންޑިއާ، ބަންގްލަދޭޝް، ޓިމޯރް ލެސްޓޭ އަދި ތައިލެންޑްގެ ސުޕްރީމް ކޯޓު، ހައިކޯޓު އަދި ޑިސްޓްރިކްޓް ކޯޓުތަކުގެ ފަނޑިޔާރުން ހިމެނޭ ގޮތުން، ޖުމްލަ 40 ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ރާއްޖޭގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދާއި ހައި ކޯޓުގެ ފަނޑިޔާރު ޙުޒައިފާ މުޙައްމަދާއި އެ ކޯޓުގެ ފަނޑިޔާރު ދީބަނާޒް ފަހުމީ އާއި ސިވިލް ކޯޓުގެ ގާޒީ އަޙްމަދު ޢަބްދުލްމަތީންގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ މަޢީޝާ ޔޫސުފް ސަމީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ