މުހިންމު މެސެޖުތަކަކާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ގާސިމް އިބްރާހީމް މިއަދު ހަވީރު ރައްޔިތުންނާ ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.
ރައްޔިތުންނަށް މުހިންމު މެސެޖު ތަކަކާއެކު އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:15 ގައި ގެނެސްދޭ ޚާއްސަ ލައިވް ކަވަރޭޖެއް މެދުވެރިކޮށެވެ. މި ކަވަރޭޛު ވީޓީވީން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ލައިވް ކަވަރޭޖުގައި ގާސިމް އިބްރާހީމްއާއި އެމަނިކުފާނުގެ ރަނިން މޭޓު ޑރ. އަމީން އިބްރާހީމްގެ އިތުރުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓުގެ އިންތިޚާބީ އެޖެންޓު އަލީ ވަހީދު އާއި ޖޭޕީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ހުސެއިން މަނިކު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އުއްމީދީ މެނިފެސްޓޯއަކާއެކު ގާސިމް އިބްރާހިމް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނު ވަނީ ފާއިތުވި ދުވަސްތަކުގައި މެނިފެސްޓޯއާ ގުޅޭ މުހިންމު ތަފްސީލީ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ.
އެހެން ކެންޑިޑޭޓުންގެ މެނިފެސްޓޯ އާ އަޅާބަލާއިރު، ގާސިމްގެ އުއްމީދީ މެނިފެސްޓޯ ފާހަގަކޮށްލެވެނީ ރައްޔިތުންނާ ގުޅޭ ހުރިހާ ދާއިރާތަކަކަށް އަލިއަޅުވާލާފައިވާ ތަފްސީލީ މެނިފެސްޓޯއެއްގެ ގޮތުގައެވެ.
މައިގަނޑު 15 އަސާސެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޤާސިމް އިބްރާހީމްގެ ރިޔާސީ މެނިފެސްޓޯއަކީ، މި ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި ހުރިހާ މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ ގޮތަކަށް، ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ޓީމަކުން ތައްޔާރުކޮށްފައިވާ ފުރިހަމަ މެނިފެސްޓޯއެކެވެ.
މުހިންމު މެސެޖުތަކަކާއެކު ގާސިމް މިއަދު ރައްޔިތުންނާ ބައްދަލުކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ