އީސީގެ މެމްބަރު ނަޝާތުގެ ދައުރު ހަމަވެއްޖެ

ރިޔާސީ އިންތިހާބަށް ދެ މަހަށް ވެފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ ނަޝާތުގެ ފަސް އަހަރުގެ ދައުރު ރޭ 12 އަށް ހަމަވެއްޖެ އެވެ.ނަޝާތު އީސީގެ މެންބަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުލައި 25، 2018 ގައެވެ. ކޮންމެ މެމްބަރަކަށް ވެސް ލިބެނީ ފަސް އަހަރުގެ މުއްދަތެކެވެ.ނަޝާތުގެ މެމްބަރު ކަމުގެ ދައުރު ހަމަވާތީ އީސީން ކުރިން މެމްބަރު ކަމަށް ހުޅުވައިލި އެވެ. ކުރިމަތިލި މީހުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ ނަޝާތުގެ ނަމެވެ. އެކަމަކު މަޖިލީސް ޗުއްޓީއަށް ގޮސްފައި ވަނީ ނަޝާތުގެ ދައުރު އިތުރު ނުކޮށްދީ އެވެ.ނަޝާތުގެ ދައުރު އިތުރުކުރުން ހިމެނޭހެން މުހިންމު މަސައްކަތްތަކެއް ކުރަން ހުރުމުން މަޖިލީހުގެ ދައުރު ދަންމާލަން އެމްޑީޕީ މެމްބަރުން އެދުނު ނަމަވެސް، އެގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ. އޭގެ ފަހުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދާއިމީ ކޮމިޓީތައް އެކުލަވާލައިފައިވެ އެވެ. މި މަހު 18ގައި ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު އިތުބާރު ނެތް ކަމުގެ ވޯޓެއް ވަނީ ނަގާފަ އެވެ. ނަތީޖާއަށް ނުނިކުންނަށް އެ ވޯޓުގައި ފުއާދުގެ އިތުބާރު ނެތް ކަމަށް ތިން މެންބަރަކު ވޯޓު ދެއްވި އެވެ. އޭގެ ތެރޭގައި ނަޝާތު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ