ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ޖެނީންގައި ހުންނަ ރެފިއުޖީ ކޭމްޕަކަށް އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި ފަލަސްތީނުގެ ހަތަރު މީހުން ޝަހީދުވެ، 40 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
އަލްޖަޒީރާ ނޫހުން ބުނީ، މި ރެއިޑް ފެށުނީ، އިސްރާއީލުގެ އަސްކަރިއްޔާގެ އެތައް ވެހިކަލެއް ކޭމްޕަށް ވަދެގަނެ، ހެނދުނު 8:00 (ޖީއެމްޓީ ގަޑިން 05:00) ހާއިރު ކަަމަށެވެ.
އަދި އިތުރު 44 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.
ލޯކަލް މީޑިއާތަކުން ބުނީ ހަމަލާގައި ޝަހީދުވި އަހްމަދް އަލާނޭހްގެ އުމުރަކީ 24 އަހަރު ކަމަށާއި އޭނާ މަސައްކަތް ކުރީ ޕަލަސްތީނިއަން އޮތޯރިޓީ (ޕީއޭ) ގެ އިންޓެލިޖެންސް އޮފިސަރެއްގެ ގޮތުގައި ކަމަށެވެ.
އޭނާ މަރާލި ވަގުތު އެ ސަރަހައްދުގެ ނޫސްވެރިން އާންމުކުރި ސަވައިލެންސް ކެމެރާ ފުޓޭޖްތަކުން ފެންނަ ގޮތުގައި އޭނާ ވަނީ އިޒްރޭލު ސިފައިންނާ ކުރިމަތިލާފައެވެ.
މިކަމާ ގުޅޭގޮތުން، އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ”ދާދިފަހުން ދިން ބަޑީގެ ހަމަލާތަކުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެމީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާ“ ކަމަށެވެ.
ރެފިއުޖީ ކޭމްޕަކަށް ހަމަލާދީ، ފަލަސްތީނުގެ ހަތަރު މީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ