ސުޕްރީމް ކޯޓުން އަމުރެއް ނެރިފައިވަނީ ނުހިނގާ ނެތްކަމެއްގެ މައްޗަށް، އެއީ ނުރައްކަލެއް: ޝިއްޕެ

ރައީސް އަދި ނައިބުރައީސް ދުރުކުރުމަށް ފަހިވެގެންދާގޮތަށް އެމްޑީޕީއިން މަޖިލީހުގެ ގަވައިދަށް ހުށައަޅާ ޑިމޮކްރެޓްސްއިން ތާއީދުކޮށްފައިވާ އިސްލާހަށް އަމަލުކުރުން ހުއްޓާލުމަށް އަންގައި ސުޕްރީމް ކޯޓުން ނެރިފައިވާ އަމުރުގެ ސަބަބުން ނުރައްކާތެރި ހާލަތެއް މެދުވެރިވެފައިވާކަމަށް ޑިމޮކްރެޓްސްގެ ނަައިބުރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްވަމުން ޝިފާޒްވަނީ މަޖިލީހުގެ ގަވައިދަށް ހުށައަޅާފައިވާ އިސްލާހަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާފައިވާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ސުޕްރީމްކޯތުން ނެރިފައިވާ ވަގުތީ އަމުރަކީ ދުނިޔޭގެ ތާރީހުގައިވެސް ސުޕްރީމް ކޯޓަކުން ޕާލިމެންޓެއްގެ މައްޗަށް އެފަދަ އަމުރެއް ނެރިފައިވާ ފުރަތަމަ ފަހަރުކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރެއް ނެރިފައިވާ ވަނީ ނެތްކަމެއް ނުހިނގާކަމެއްގެ މައްޗަށްކަމަށެވެ.
ޝިފާޒް ވިދާޅުވީ، އެކަމުގެ ސަބަބުން ތިން ބާރު ވަކިވެފައި އޮތް ދައުލަތެއްގެ ސިފަ ގާނޫނުއަސާސީގައި ލިޔެގެން ފަށާފައިވާ މަސައްކަތަށް ވަރަށް ބޮޑު ލޮޅުމެއް އައިސްފައިވާކަމަށާއި ހިިނގާފައިވަނީ ބަލައިގަނެވޭނެ ވަރަށްވުރެ ނުރައްކާތެރި ކަމެއްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދާންއުޅޭ ދިމާލާ މެދު ވިސްނާލާއިރު ނެރިފައިވާ ވަގުތީ އަމުރުގެ ސަބަބުން ވަރަށް ބޮޑަށް ނުރައްކަލާއި ދިމާލަށް ދާ މަންޒަރު ފެނިގެންދާނެކަމަށެވެ.
އޭނާ ވިދާޅުވީ ނެތްކަމެއްގެ މައްޗަށް އަމުރު ނެރުމުން އެގޮތުގެ މަތިން ހިނގަ ހިނގާ ހުންނަ މަޖިލީހެއް ހުއްޓުވާވެސް ލެވިދާނެކަން ފެނިގެންދާކަަމަށެވެ. އޭނާ ވިދާޅުވީ، ކަން ވެފައިވާ ގޮތުގެ ސަބަބުން ނުހިނގާ ކަމަކާއި ގުޅުވައި ސުޕްރީމް ކޯޓުން އަމުރެއް ނެރި އަމުރެއް ނެރި ހުއްޓުވާލުމުގެ ފުރުސަތު އޮތްކަމަށާއި އެ އަމުރާއި ކުރިއަށް ތާވަލުކުރެވިފައިވާ މަޖިލީހުގެ ޖަލްސާއެއް ހުއްޓާލަން އަމުރެއް ނެރުމާއި ތަފާތެއް ނެތްކަމަށް ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ، ހިނގާފައިވާ ކަންކަމާއިމެދު ވިސްނައިފިނަމަ ކުރިމަތިވެފައިވާ ނުރައްކާތައް ފަހުމްވެގެންދާނެކަމަށާއި އެހިސާބުން އެކަންކަން ބަލައިވެސް ނުގަންނާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުރިމަތިވެފައިވަނީ ދައުލަތް ހިންގަމުންދާ ޗެކް އެންޑް ބެލެންސް ނިޒާމާއި ވަރަށް ބީރައްޓެހިކަމެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ