ސިޔާސީ މަގާމުތަކުގެ އަދަދު ފޮރުވުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ނަމަވެސް، މިހާތަނަށް މި ސަރުކާރުގެ އެ ތަފްސީލުތައް ހާމައެއް ނުކުރެ އެވެ. ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން 228 ސިޔާސީ މަގާމު ކުރިޔަށް އޮތް 15 ދުވަހުގެ ތެރޭގައި މަދު ކުރުމަށް ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ.
މި ނިންމެވުމަށް އެކި ފާޑުކިއުންތައް އަމާޒުވަމުންދާއިރު، ޝަރީފް ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަ ނުވާނެކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ ގޮތާއި މަސައްކަތް ތަރުތީބުވެފައިވާ ގޮތް އެނގިވަޑައިގަންނަވާކަމަށެވެ.
ޝަރީފް ވިދާޅުވީ އިގްތިސާދު ރަނގަޅުކުރުމުގެ ގޮތުން ސަރުކާރުން އަޅާފައި ވަނީ ހަރުދަނާ ފިޔަވަޅުތަކެއްކަމަށާއި، ސިޔާސީ މަގާމުތަކުގެ އަދަދުތައް މަދު ކުރުމަށް ރައްޔިތުން ވެސް ބޭނުންވާކަމަށެވެ.
ޝަރީފް ވިދާޅުވީ ގައުމަށް ބޭނުންވަނީ ރައްޔިތުންގެ އިހުސާސްތަކާއި ރައްޔިތުން ދައްކަވާ ވާހަކަ އަޑުއަހާ ރައްޔިތުންނާއިއެކުގައި މަސައްކަތް ކުރާނެ ވެރިއެއް ކަމަށެވެ.
ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކޮށް ރައީސް ނިންމެވީ، ބޮޑު ނިންމެވުމެއްކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ މީގެ ކުރީގައި އެއްވެސް ސަރުކާރަކަށް އެ ފިޔަވަޅު އަޅަން ނުކެރުނު ކަމަށެވެ. އަދި ވޭޕް ގެ މައްސަލަ ބޮޑުވެފައިވާތާ އެތައް ޒަމާނެއްވެފައިވާ ކަމަށާއި ދުނިޔޭގެ އެކި ގައުމުތަކުން މިކަން ހުއްޓުވައިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު ފޮރުވަން ސަރުކާރުން މަސައްކަތެއް ނުކުރޭ: މެމްބަރު ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ