ގަމު ޕޮލިސް ކަސްޓޯޑިއަލްގައި ތިބި ބަޔަކު ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފަށައިފި

ލ. ގަމު ޕޮލިސް ކަސްޓޯޑިއަލްގައި ތިިބި ބަޔަކު ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަން ފަށައިފިއެވެ. ފުލުހުން 'ސަން'އާ ހިއްސާކުރި މެސެޖެއްގައި ވަނީ، ގަމު ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުގައި ތިބި ބަޔަކު، ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދާތީ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މޮނިޓާ ކުރަމުން އަންނަ ކަމަށެވެ. އެ މައުލޫމާތު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިކަމާ ގުޅިގެން އެންއައިސީން ބުނީ، އެ ހަޅުތާލު ފަށާފައި ވަނީ ރޭ ކަމަށެވެ. އެ މައުލޫމާތު ކޮމިޝަނަށް ލިބުމާއެކު، ކުއްލި ހާލަތުގައި އިޖާބަދޭ ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެންއައިސީން ބުނެއެވެ. އެ ހަޅުތާލުގައި ބައިވެރިވާ މީހުންގެ އަދަދެއް ފުލުހުންނާއި އެންއައިސީން ވެސް ހާމައެއް ނުކުރެއެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަޅުތާލު ކުރާ މީހުންގެ ތެރޭގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން ވެސް ހިމެނެއެވެ. އެ މީހުންގެ ޑިމާންޑަކީ ރިމާންޑް ޖަލަކަށް ބަދަލުކުރުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. https://sun.mv/212376 ފާހަގަކުރެވޭ ގޮތުގައި، ސަރުކާރާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން މިދިޔަ މަހު ތިނެއްގައި ބޭއްވި އެއްވުމުގައި ހައްޔަރުކޮށް ބަންދުކުރި ހަ މީހަކު ދޫނިދޫ ކަސްޓޯޑިއަލްގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއެވެ. އެ ހަ މީހުން ފަހުން ވަނީ ބަންދުން ދޫކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ