ނޫސްވެރިޔާ ހުސެއިން ވިލިނގިލީ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވަނީ

މަޝްހޫރު ނޫސްވެރިޔާ ހުސެއިން ހަސަން މަޖިލީސް އިންތިހާބަށް އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާނެ ކަން ހާމަކުރައްވައިފި އެވެ.
ހުސެއިން މިއަދު ކުރެއްވި ޓުވީޓެއްގައި ބުނީ ގއ. ވިލިނގިލީ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަތޮޅާއި ރާއްޖެއަށް ބޭނުންވަނީ ހެޔޮބަދަލެއް ކަމަށާއ އެމްޑީޕީން ބޭނުންވާ ބަދަލު ގެނެވޭނީ އާ ޖީލަކަށް ފުރުސަތު ދީގެން ކަމަށްވެސް ހުސެއިންގެ ޓުވީޓުގައި ވަނީ ބުނެފައި އެވެ.
ހުސެއިން ވަނީ ސަން އޮންލައިން އާއި ރާއްޖެ ޓީވީގައި މީގެ ކުރިން މަސައްކަތްކޮށްފައެވެ. އަދި މިހާރު އަމިއްލަ ނޫހެއް ހުސެއިން އަންނަނީ ހިންގަވަމުންނެވެ.
ހުސެއިން ވަނީ މި ސަރުކާރުގައި އެޓާނީ ޖެނެރަލްގެ (އޭޖީ) އޮފީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންގެ މަގާމުވެސް ފުރުއްވާފައި އެވެ. ނަމަވެސް މިދިޔަ އަހަރުގެ ނިވެމްބަރު މަހު އެމަގާމުން އިސްތިއުފާ ދެއްވުމަށްފަހު ހުސެއިން ވަނީ އަލުން ނޫސްވެރިކަމަށް ނުކުމެފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ