ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ރޯމަސް މާރުކޭޓާއި ލޯކަލް މާރުކޭޓާ ދެމެދު ބޭރުމަގު ބަންދުކޮށްފި އެވެ.
ފުލުހުންގެ މުއައްސަސާއިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރޭ މެންދަމުން ފެށިގެން ރޯމަސް މާރުކޭޓުން ފެށިގެން ގޮސް ލޯކަލް މާރުކޭޓާ ހަމައަށް ޓްރެފިކަށް ބަންދުވާނެ ކަމަށެވެ.
ކުރިއަށް އޮތް ރޯދަމަހުގެ ކުރިން މާލޭގެ ބޭރުމަގުގައި އެއްކޮށް ތާރުއަޅައި ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ބާޒާރު މަތީގައި ދަތުރުފަތުރުކޮށް އުޅެން ހުރި ގޮންޖެހުންތައް އަންނަ ރޯދަ މަހަށް އެއްކޮށް ހައްލުވެގެންދާނެ ކަމަށެވެ.
މާލޭގެ ބޭރުމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އެންމެފަހުން ތާރު އަޅާފައި ވަނީ މަސް މާރުކޭޓުން ފެށިގެން އިރަށް އޮންނަ ސަރަހައްދުގަ އެވެ. އެ ސަރަހައްދުގެ ފަޅުތެރެއިން ބައެއް ޝީޓު ޕައިލްކޮށް މަގު ވަނީ ފުޅާ ވެސް ކޮށްފަ އެވެ.
ރޯމަސް މާރުކޭޓުން ފެށިގެން ގޮސް ލޯކަލް މާރުކޭޓާ ހަމައަށް ތާރު އަޅައި ތަރައްގީކުރަން ބަންދުކުރީ، ރޯދައިގެ ކުރިން ބާޒާރުމަތީގެ މަގުތައް ތަރައްގީ ކުރުމަށް މުއިއްޒު ނިންމެވި ނިންމެވުމުގެ ދަށުންނެވެ. މަސްމާރުކޭޓުގެ ހުޅަނގު ފަޅީގައި ތާރު އެޅުމުގެ މަސައްކަތަކީ ބޭރުމަގު ތަރައްގީ ކުރުމުގެ ދެވަނަ ފޭސް އެވެ.
މި މަޝްރޫއު ނިމުމުން ބޮޑުތަކުރުފާނު މަގުގައި ހަތަރު ލޭނު އޮންނާނެ އެވެ. މިއީ މާލެ ވަށައިގެން އޮންނަ މަގުގެ ތޮއްޖެހުން ކުޑަކުރަން ކަމަށް ބުނެ ސަރުކާރުން ފަށައިގެން އުޅޭ މަޝްރޫއެކެވެ.
މަސް މާރުކޭޓާ ހަމައިން ގޮސް ލޯކަލް މާރުކޭޓާ ހަމައަށް ބޭރުމަގު ބަންދުކޮށްފި މަސް މާރުކޭޓާ ހަމައިން ގޮސް ލޯކަލް މާރުކޭޓާ ހަމައަށް ބޭރުމަގު ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ