49 އަހަރުގެ އަންހެނަކު 103 އަހަރުގެ މީހަކާ ކައިވެނި ކޮށްފި
އިންޑިއާގެ އުމުރުން 49 އަހަރުގެ އަންހެނަކު 103 އަހަރުގެ މީހަކާ ކައިވެނި ކޮށްފި އެވެ. މި މުސްލިމް ދެމަފިރިން ކަމަށްވާ 49 އަހަރުގެ ފީރޯޒް ޖަހާންއާ ހަބީބް ނަޒާރުގެ ކައިވެނީގެ ވާހަކަ ފެންމަތިވީ މި ރަސްމިއްޔާތު ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމުންނެވެ.އެ ވީޑިއޯގައި ނަޒާރު ބުނާ އަޑު އިވެނީ: "ކިސީ ޗީޒް ކީ ކަމީ ނާހީ ހޭ. ކާމީ ހަމާރޭ ދިލޮން މޭން ހޭ"، މާނައަކީ އެކަނިވެރިކަން ފިޔަވައި އޭނާއަށް އެއްވެސް ކަމަކަށް ދައްޗެއް އިހުސާސެއް ނުކުރެވެ ކަމަށެވެ.ނަޒާރުގެ ދެވަނަ އަނބިކަނބަލުން ނިޔާވުމުން، އޭނާއަށް އެކަނިވެރިކަން އިހުސާސް ކުރެވުމުން ތިންވަނަ ފަހަރަށް ކައިވެނި ކުރީ އެވެ. އަދި މިހާރުގެ ބައިވެރިޔާއަކީ ވެސް ހުވަފަތް ވެފައިވާ މީހެކެވެ.އިންޑިއާގެ ނޫސްވެރިން ރިޕޯޓް ކުރާ ހަބަރުތައް ބުނާގޮތުގައި ނަޒާރުގެ ފުރަތަމަ ކައިވެނި ބާއްވާފައިވަނީ މަހާރާޝްތުރާގެ ނާޝިކްގައި ކަމަށާއި ދެވަނަ ކައިވެނި ބާއްވާފައިވަނީ އުއްތަރު ޕްރަދޭޝްގެ ލަކްނޯގައެވެ. ފީރޯޒް ޖަހާން ބުނީ އޭނާގެ 104 އަހަރުގެ ފިރިމީހާ މުޅިން ރަނގަޅު ކަމަށާ އޭނާގެ ސިއްހީ އެއްވެސް މައްސަލައެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ