ފައިސާގެ މައްސަލަ ހައްލު ހޯދަން މަސައްކަތް ފަށައިފި، ރަނގަޅު އަދަދު އެނގުމުން އެއްކޮށް ދައްކާނަން

އެޗްއާރުސީ ހުއްޓާލިތާ އަހަރެއްވެއްޖެ އެވެ. ފައިސާ ދައްކަން ޖެހޭކަން އެ ކުންފުންޏަށް އެނގުނީ ސޯޝަލް މީޑިއާއިންނެވެ. ފައިސާގެ ބޮޑެތި އަދަދުތައް އެއްފަހަރާ މިނިސްޓްރީގެ ސިސްޓަމުން ނުދެއްކެ އެވެ.
ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރުސީ) ހުއްޓާލިތާ އަހަރެއް ވެފައިވާ ކަމަށާ، ބިދޭސީގެ ވިސާ ފީގެ ބޮޑު އަދަދެއް ދައްކަން ޖެހޭކަން އެނގުނީ ސޯޝަލް މީޑިއާ އިން ނަމަވެސް އެ މައްސަލަ ހައްލު ކުރަން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ފަަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. 
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ނެރުނު ބިދޭސީންގެ ވިސާ ނުދައްކާ ލިސްޓުގައި ރިސޯޓު ކޮންސްޓްރަކްޝަންގައި ކުރިން ހަރަކާތްތެރިވި އެޗްއާރުސީ ހިމަނާފައިވާ މައްސަލާފައި އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ފައިސާ ދައްކަން ހުރިކަން އެ ކުންފުންޏަށް އެނގުނީ ސޯޝަލް މީޑިއާ އިން ކަމަށާ އެކަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އެ ކުންފުންޏާ ރަސްމީކޮށް އެއްވެސް މުއާމަލާތެއް ކޮށްފައެއް ނެތެވެ. 
އެ ކުންފުނިން ބުނީ ފައިސާގެ އަދަދެއް ހުރިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އެނގުމާއެކު އެކަން ހައްލުކުރަން ހޯމްލޭންޑް މިނިސްޓްރީއާއެކު މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ ދަށުން ފައިސާ ދައްކަން ދިއުމުން އެއް ފަހަރާ އެ ވަރުގެ ބޮޑު އަދަދެއް މިނިސްޓްރީގެ ސިސްޓަމުން ދެއްކޭނެ ގާބިލްކަން ނެތް ކަަމަށް ބުނެފައިވާ ކަމަށެވެ. އަދި ދައްކަން ޖެހޭ ރަނގަޅު އަދަދު އެނގުމުން އެއްކޮށް ދައްކާ ހަލާސް ކުރާނެ ކަމަށެވެ. އެކަމުގައި ހައްލެއް ހޯދަން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ހޯމްލޭންޑް މިނިސްޓްރީން ނެރުނު ވިސާ ފީ ނުދައްކާ 2،000 ކުންފުނީގެ ލިސްޓުގައިވާ ގޮތުން އެޗްއާރުސީ ބިދޭސީންގެ ވިސާ ފީގެ ގޮތުގައި 12 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. 
އެޗްއާރުސީއަކީ ކުރިން ރާއްޖެ އާއި ރާއްޖޭން ބޭރުގައިވެސް ރިސޯޓް ތަރައްގީ ކުރުމުގެ ގިނަ އަދަދެއްގެ ރިސޯޓު ތަކެއް ތަރައްގީކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުންޏާ އެއްކޮޅަށް ސުޕްރީން ކޯޓުން ނިންމާފައިވާ މައްސަލައެއްގައި 32 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދައްކަން އެނގިތާ ވެސް އެތައް އަރަހެއް ވަނީ ވެފަ އެވެ. 
މަސައްކަތްތެރިން ގެނެސް ބަލަހައްޓަން ސަރުކާރުން ބޭނުން ކުރާ ސިސްޓަމްއަކީ ގިނަ މައްސަލަތަކެއް ހުރި ސިސްޓަމެއްކަމުގެ ޝަކުވާ މީގެ ކުރިން ވެސް ފެންނަމަތިވެފައިވެ އެވެ. އެކަން ހައްލު ކުރަން މިދިޔަ ސަރުކާރުންވެސް ގިނަ މަސައްކަތްތަކެއް ކުރި އެވެ. މިގޮތުން މަސައްކަތައް ގެންނަ ބައެއް މީހުން ފޮނުވާލި ނަމަވެސް އެމީހުން ރާއްޖޭގައި ތިބި ކަމަށް ސިސްޓަމުން އެނގުން ފަދަ ގިނަ އޮޅުންތަކެއް އެ ސިސްޓަމްގައި ހުރިކަމުގެ ޝަކުވާ އަބަދު ވެސް ކުރެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ