ތޮއްޑޫ ދާއިރާގެ ގޮނޑި ޝިޔާން ކާމިޔާބު ކުރައްވައިފި

ތޮއްޑޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓް ހަސަން ޝިޔާން ކާމިޔާބު ކުރައްވައިފިއެވެ.
ހަސަން ޝިޢާން މިއިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ޖޭޕީގެ ކެންޑިޑޭޓަކާއި، ޕީއެންސީގެ ކެންޑިޑޭޓަކާއި ވާދަކުރައްވައެވެ.
ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުން ޝިއާންއަށް ލިބިފައިވަނީ ޖުމުލަ 758 ވޯޓެވެ. މިއީ ވޯޓުލި މީހުންގެ 55 އިންސައްތައެވެ. ޖޭޕީގެ ކެންޑިޑޭޓު، އިބްރާހީމް ހަސަން ލިބިފައިވަނީ 340 ވޯޓެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް، މުހައްމަދު މަބްރޫކަށް ލިބިފައިވަނީ 284 ވޯޓެވެ.
ތޮއްޑޫ ދާއިރާއަށް 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 2711 މީހުންނަށެވެ. ވޯޓުލުމުގެ ހައްގު އަދާކުރި މީހުންގެ އަދަދަކީ 1382 އެވެ. މި ދާއިރާއަށް ވޯޓުނުލާ މީހުންގެ ނިސްބަތަކީ 49 އިންސައްތައެވެ. އެއީ ގާތްގަނޑަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދެބައިކުޅަ އެއްބައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ