ޝަންގްރިއްލާގެ ވިލިނގިލި އަލުން ހުޅުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދަނީ ނަމެއްގައިކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ، އައްޑޫސިޓީ ކައުންސިލު ވުޖޫދުވިފަހުންނާއި، ލާމަރުކަޒީ ޤާނޫނަށް އެމްޑީޕީން ގެނައި އިސްލާޙުތަކާއެކު ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބިގެން ދިޔަ ކަމަށެވެ. ވަކިން ޚާއްސަކޮށް އައްޑޫގެ ވަކިވަކި ރަށްރަށަށް އައިސްފައިވާ ތަރައްޤީ ފާހަގަވާކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި އިންވެސްޓަރުން ހޯދާއިރުވެސް އެ ރަށެއްގެ އާބާދީ މުހިއްމު ރޯލެއް އަދާކުރާ ކަމަށެވެ.
އެންމެން އެއްކޮށް އެކަތިގަނޑަކަށްވެގެން ކަންކަން ކޮށްދޭށޭ ބުނީމާ އިދާރާތަކުންވެސް އެކަންކަން އަޑުއަހާނީ
މީގެ އިތުރުން، ފޭދޫގެ ރައްޔިތުން އައްޑޫސިޓީން ވަކިނުވާން ނިންމި ނިންމުމަކީ ނުހަނު ރަނގަޅު ނިންމުމެއް ކަމަށާއި، ރަށްތަކަށް ފައިދާވާން އޮތީވެސް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށެވެ. ނަމަވެސް ހުރިހާ ރައްޔިތުންގެ ނިންމުމަށްވެސް މަރުޙަބާ ދަންނަވާކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، އައްޑޫގެ އިޤްތިސާދު ކުރިއެރުން ލަސްވެގެންދަނީ ފަތުރުވެރިކަން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާތީ ކަމަށެވެ. ނަމަވެސް މިހާރުވެސް އެމަގުން މަސައްކަތްތަކެއް ކުރަން ފެށިފައިވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ. މެމްބަރު ވިދާޅުވި ގޮތުގައި ބައެއް މަޝްރޫއުތައް މިހާރުވެސް ހުއްޓިފައި ހުރީ އެކަށީގެންވާ ގޮތެއްގައި އިންވެސްޓަރ ކޮންފިޑެންސް ލިބެން ނެތުމުންނެވެ.
މީގެ އިތުރުން، ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އަލިއަޅުވާލައްވާ މެމްބަރު ވަނީ އެއީ ސިޔާސީ ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން މިހާރު އެކަން ކުރަނީ މި ޙާލަތުގެ ގޮތުން އެތަން ހުޅުވަން މަޖުބޫރުވެގެން ކަމަށް މެމްބަރު ވިދާޅުވިއެވެ.
އެއީ ދެން ނަމެއްގައި ކަންނޭނގެ ސިޔާސީ ގޮތުން، އެބޭފުޅުންނަށް މި ސިޗުއޭޝަންގެ ގޮތުން އެބޭފުޅުންނަށް ހުޅުވަން މަޖުބޫރުވެގެން ހުޅުވަނީ، އެހެންނަމަވެސް އަޅުގަނޑަކަށް ހިއެއް ނުވޭ އަދި ކަސްޓަމަރުންނަށް އެހާ ބޮޑަކަށް އޭތި ހުޅުވޭނެހެނެއް މިހާރުގެ ސްޓޭޓަސްއިން، ނަމަވެސް ޓޫރިޒަމްވެސް މާކެޓު ކުރެވިއްޖެއްޔާ އައްޑޫގައިވެސް ހިނގާނެކަން މި އިނގެނީ ހެރެތެރެއިން.
އައްޑޫގެ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ، ޝަންގްރިއްލާ ރިސޯޓު މި އަހަރުގެ ނިޔަލަށް އަލުން ހުޅުވައި ހިދުމަތް ދިނުމަށް ނިންމައި އެކަން ސަރުކާރުން ވަނީ ދާދި ފަހުން އިއުލާނުކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ، ޝަންގްރިއްލާގެ ހިދުމަތް ދިގު މުއްދަތަކަށް މެދުކެނޑިފައި އޮތުމުގެ ސަބަބުން، އައްޑޫ އިންވެސްޓްމަންޓްސްއާއި އެހެނިހެން ކަމާގުޅޭ ފަރާތްތަކާއެކު، ސަރުކާރުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދިޔަަކަމަށެވެ. އަދި މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އައްޑޫ އިންވެސްޓްމަންޓްސްއިން މި އަހަރުގެ ނިމުމުގެ ކުރިން ރިސޯޓު ހުޅުވައި ހިދުމަތްތައް އަލުން ފެށުމަށް އެއްބަސްވީކަމަށް މިނިސްޓްރީން ބުންޏެވެ.
ޝަންގްރިއްލާ އަލުން ހުޅުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދަނީ ނަމެއްގައި: އަހުމަދު ދީދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ