ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެދާއިރާގެ ކެމްޕޭން ޖަގަހަ ރަސްމީކޮށް ހުޅުވައިފިއެވެ.
މި ޖަގަހަ މިރޭ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
ގަލޮޅު އުތުރު ދާއިރާގެ ޖަގަހަ ހުޅުވީ ގ. ހެޕީސައިޑްގައެވެ.
ޖަގަހަ ހުޅުއްވައިދެއްވުމުގެ ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާޙުއާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޙަފްލާގައި ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލް އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރައީސާ ކަމަށް ވާދަކުރައްވާ އަލައިކާ އަދުނާންގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޕީއެންސީން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ކެމްޕޭން ޖަގަހަތައް ހުޅުވައި، ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން ގިނަ ދާއިރާތަކެއްގައި ޖަގަހަތައް ދަނީ ގާއިމުކުރަމުންނެވެ.
މާލޭގެ އިތުރުން، އަތޮޅުތެރޭގެ ބޮޑެތި ސިޓީތަކުގައި ވެސް ޕީއެންސީގެ ކެމްޕޭން ހަރަކާތްތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ފުވައްމުލަކު ސިޓީ އާއި ތިނަދޫ ސިޓީގައި ވެސް ވަނީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފަށާފައެވެ.
މިއީ މުޅި ރާއްޖޭގައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެއް ކަމަށް އެ ޕާޓީން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެވެ.
ކައުންސިލް އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ވެސް ކޮންގްރެސް ޕާޓީންނެވެ.
ޕީއެންސީ ގަލޮޅު އުތުރު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ