ޑިޕާޗާ ޓާމިނަލުން ސިނގިރޭޓު ކާޓަންތަކެއް ވަގަށް ނެރުނު މައްސަލަ ކަސްޓަމްސް އިން ބަލަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ސިނގިރޭޓު ކާޓަންތަކެއް ނެރުނު މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ކަސްޓަމްސް އިން ދެންމެ ބުނެފިއެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި، ސިނގިރޭޓު ކާޓަންތައް ބޭރުކޮށްފައިވަނީ ފުލުހެކެވެ. މި މައްސަލައިގައި ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެ ކާޓަންތައް އަތުލައިގަތީ ވީއައިއޭގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގުތަކެެއް ޗެކު ކުރި އިރުގައި ކަމަށެވެ. އެމައްސަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް، ޑަސްބިން ބޭގުތަކުން ފެނުނު ސިނގިރޭޓު ކާޓަންތަކުގެ އަދަދު ކަސްޓަމްސް އިން ހާމަކޮށްފައެއް ނުވެއެވެ. މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހު ވޭޕް ވެސް މަނާކޮށްފައިވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅޭ ހަރުކަށި ގަވައިދެއް ވަނީ މިދިޔަ ހަފުތާގައި ގެޒެޓްކޮށްފައެވެ. އެ ގަވައިދުގެ ދަށުން ސިނގިރޭޓު ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ފިލްޓަރާ އެއްކޮށް ނުވަތަ ވަކިން ވިޔަސް ރޯލްކޮށްފައި ހުންނަ ހުސް ޓިއުބާއި ހުސް ފޮށްޓާއި އެ ބޭނުމަށް ބޭނުންކުރާ އާލާތްތައް އެތެރެކުރަން ހުއްދަ ނުދެވޭނެ ކަމަށް ބުނެފައެވެ. މި ބަދަލާއެކު ދުންފަތް އަގު ބޮޑުވެ، ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ