ރ. އަތޮޅުން ފެށިގެން އއ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 06:30 އިން 11:30 އަށް ވާރޭވެހި ގުގުރުމާއެކު ވިއްސާރަވެދާނެކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވަނީ ޔެލޯ އެލަރޓު ނެރެފިއެވެ.
މެޓުން ބުނީ، މިހާރު ކުރަމުންދަނީ ދެ މޫސުން ބެދޭ ހިސާބު ވިއްސާރަ ކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިކަމަށް ސަމާލުވެ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެ.
”މިއަދު ހެނދުނު، ސޯސަން މަގުގައި ހުރި ގަހެއްގެ ގޮތްޕެއް ވެއްޓި، މަގު ބަންދުވެ، ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ވަނީ ގެއްލުން ލިބިފައި. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް މިފަދަ ހާދިސާތަކުގެ ކުރިމަތިވެދާނެ ނުރައްކާތެރިކަން ހާމަވޭ.“ ފުލުހުން ބުންޏެވެ.
ރައްކާތެރިކަމުގެ ގޮތުން، ކޮންމެހެންކުރަންޖެހޭ ދަތުރުތައް މެނުވީ ނުކުރުމަށާއި، ބެލްކަނިތަކާއި ފުރާޅުމަތީގައި ހުރި ތަކެތި ރަނގަޅަށް ހަރުކޮށް، އެއްޗެހި ނުވެއްޓޭނެ ގޮތަށް ބެހެއްޓުމަށާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޭ އަޕްޑޭޓްތަކަށް ސަމާލުވެ ތިބުމަށާއި، މަގުމަތީގައި ދިމާވާ ނުރައްކާތެރި ހާލަތްތަކާއި، ގަސްތައް ވެއްޓުމާއި، ފެންބޮޑުވުންފަދަ ކަންކަން 911 އަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ